logo
ބަތޮލެއް ނޫން، ޖަލުގައިވެސް ވަގެއްކަމުގެ ތުހުމަތުBank of Maldives

Bank of Maldives

ދުނިޔެ

ޒޯޔާ އަޚްތަރުގެ އޮފީހުން ވައްކަންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 މޭ 2026 - 19:40
ޑައިރެކްޓަރ ޒޯޔާ
ޑައިރެކްޓަރ ޒޯޔާ

ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފައްދާ ޑައިރެކްޓަރުން ކަމަށްވާ ޒޯޔާ އަޚްތަރާއި ރީމާ ކާގްތީގެ ޕްރޮޑަކްޝަން ހައުސް، ޓައިގާ ބޭބީ ފިލްމްސްގެ އޮފީހުން ގިނަ އަދަދެއްގެ ހާޑް ޑިސްކުތަކެއް ވަގަށް ނަގައިފިއެވެ.

މި ހާދިސާގައި އެ އޮފީހުގައި ހުރި 119 ހާޑް ޑިސްކުގެ ތެރެއިން 66 ހާޑް ޑިސްކު ވަނީ ގެއްލިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޒޯޔާ އަޚްތަރު ވަނީ ވައްކަމުގެ ހާދިސާ ކަށަވަރުކޮށްދީ، އެކަމާ ހިތާމަކުރާކަން ހާމަކޮށްފައެވެ. ޒޯޔާ ބުނި ގޮތުގައި އެއީ އޮފީހުގެ އެތެރޭގެ މީހަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެކެވެ. 

"އާނ، އަހަރެންގެ އޮފީހުން ވައްކަންކޮށް، ހާޑް ޑިސްކުތަކެއް ވަނީ ވަގަށް ނަގާފައި. އަހަރެމެން ވާނީ ފުލުހަށް މައްސަލަ ހުށަހަޅާފައި، އަދި ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސް ކޮށްފައި. މިއީ އެތެރޭގެ ބަޔަކު ކުރި ކަމެއް، ފައިސާ ހޯދަން މީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެނގުމުން ވަރަށް ދެރަވޭ،" ޒޯޔާ ބުންޏެވެ.

މި ވައްކަން ފަޅާއެރީ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު، މަސައްކަތްތަކަކަށް ބޭނުންވާ ހާޑް ޑިސްކުތަކެއް ހޯދުމުގެ ތެރޭގައެވެ. އޮފީހުގެ ސްޓޯރޭޖް އޭރިއާ ބެލިއިރު، ބައެއް ފޮށިތަކަށް ގެއްލުންދީ، ހާޑް ޑިސްކުތައް ނަގައި ހުސްކޮށްފައި ހުރި ކޭސްތައް ވަނީ ފެނިފައެވެ. ވަގަށް ނަގާފައިވާ ހާޑް ޑިސްކުތަކަކީ 16 ޓީބީ އާއި 72 ޓީބީ އާ ދެމެދުގެ ކެޕޭސިޓީ ހުރި، ފިލްމީ މަސައްކަތްތަކުގެ މުހިންމު ޑޭޓާ ހިމެނޭ ތަކެއްޗެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހާޑް ޑިސްކުތަކުގައި 'މޭޑް އިން ހެވަން' އަދި 'ގޯސްޓް ސްޓޯރީޒް' ފަދަ މަޝްހޫރު ޕްރޮޖެކްޓްތަކުގެ ރޯ ފުޓޭޖާއި، އެޑިޓްކޮށްފައިވާ މަންޒަރުތަކުގެ އިތުރުން އަދި ރިލީޒްނުކުރާ ބައެއް މަސައްކަތްތައް ހިމެނެއެވެ. ނަމަވެސް ޒޯޔާ ވަނީ ހުރިހާ މަސައްކަތެއްގެ ބެކަޕް ފައިލްތައް ހުރުމުން، މަސައްކަތްތަކަށް ބުރޫނާރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި މައްސަލައިގައި ފުލުހުން މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި އެކި ފަހަރުމަތިން ހާޑް ޑިސްކުތައް ވަގަށް ނަގައި، ކަޅު ބާޒާރުގައި ވިއްކާލި ކަމަށް އިއުތިރާފުވެފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ގެއްލުނު ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒޯޔާ އަޚްތަރުގެ އޮފީހުން ވައްކަންކޮށްފިދުނިޔެ | ގަޑިއިރެއް ކުރިންއާޖެންޓީނާގެ މިސް ޔުނިވާސްގެ ތާޖު ފުރަތަމަ ފަހަރަށް ވަޒީފާ އަދާކުރާ މަޔަކަށްދުނިޔެ | ދުވަހެއް ކުރިންކުއްތާއެއްގެ ހަމަލާގައި މީހަކު މަރުވި މައްސަލައިގައި ދައުވާލިބޭ އަންހެންމީހާ ކުށަށް އިއުތިރާފުވެއްޖެދުނިޔެ | ދުވަހެއް ކުރިންބޮލީވުޑްގެ ތަރި ރަންވީރު ސިންގްއާ ދެކޮޅަށް އިންޑިއާގެ އެންމެ ބޮޑު ފިލްމީ ޖަމިއްޔާ ތެދުވެއްޖެދުނިޔެ | ދުވަހެއް ކުރިން