logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފި

ފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފި

އެމެރިކާގެ "ފުލް ބްރައިޓް ސްޓޫޑެންޓް ޕްރޮގްރާމް"ގެ ދަށުން ދޭ ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތު ރާއްޖެއަށް ދޭން އެގައުމުން ނިންމައިފި އެވެ.

އެމެރިކާ އެމްބަސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުރިހާ ހަރަދެއް އެމެރިކާއިން ކުރާ ގޮތަށް ރާއްޖެއަށް ހުޅުވާލީ މާސްޓާސް ޑިގްރީގެ ފުރުސަތެއް ކަމަށާއި އެ ފުރުސަތާ ބެހޭ މައުލޫމާތު ދޭން އަންނަ މަހުގެ އަށް ވަނަ ދުވަހު އޮންލައިން ސެޝަނެއް ބާއްވާނެ ކަމަށެވެ. އެ ސެޝަންގައި ބައިވެރި ވެވޭނީ އެމްބަސީން އޮންލައިންކޮށް އެކަމަށް ރަޖިސްޓްރީކޮށްގެންނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނަށެވެ. އިތުރު ޝަރުތުތަކުގެ ތެރޭގައި، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ވުން، އިނގިރޭސިބަހަށް ފަރިތަވުން (ބަސް ދަންނަ ވަރު ބަލަން ކުރާ އިމްތިހާނަކުން ފާސްވުން)، އަދި ސްޓަޑީ ޕްލޭނަކާއި ރިކޮމެންޑޭޝަންތަކާ އެކު އޮންލައިންކޮށް އެޕްލިކޭޝަނެއް ހުށަހެޅުން ހިމެނެއެވެ.

އެމެރިކާ އެމްބަސީން ބުނި ގޮތުގައި އަންނަ އަހަރުގެ ޚަރީފުމޫސުމުގައި ފަށާ މާސްޓާސް ޑިގްރީ ޕްރޮގްރާމަކަށް ދޭ އެ ސްކޮލަޝިޕް ލިބޭ ފަރާތްތަކަށް، އެކި ސަބަބުތަކާ ހެދި، އެމެރިކާއަށް ދަތުރުކުރމުގައި ދަތިތައް ކުރިމަތިވެދާނެ ކަން އެ ފުރުސަތަށް އެދޭ ފަރާތްތަކަށް އެނގެންވާނެ އެވެ. އޭގެ ތެެރޭގައި ސިއްހީ މައްސަލަތަކާއި ކޮންސިއުލާ ހިދުމަތްތަކަށް ބުރޫ އެރުން ނުވަތަ އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފަދަ ސަބަބު ތައް ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލްބްރައިޓް ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލައިފިޚަބަރު | ގަޑިއިރެއް ކުރިންޓްރަމްޕްގެ މަސައްކަތަށް ޕާކިސްތާނުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެދުނިޔެ | 6 ދުވަސް ކުރިންމި ގަރުނުގައި ރައީސަކު ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުގެ ދަޢުވާ ޓްރަމްޕާއި ދެކޮޅަށްދުނިޔެ | 9 ދުވަސް ކުރިންޓްރަމްޕްގެ އަތުން ފެންނަ ނިޝާންތަކާއެކު އޭނާގެ ސިއްހީ ހާލަތާމެދު ބޮޑެތި ސުވާލުތަކެއްދުނިޔެ | 15 ދުވަސް ކުރިން