logo
Bank of Maldives

Bank of Maldives

ދުނިޔެ

ބިމުގެ ދަމާބާރުގެ މައްޗަށް ކުރިހޯދޭނެ ގޮތެއް ހޯދިފައިވާ ކަމަށް އިންޖިނިއަރަކު ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މޭ 2026 - 02:17
ބިމުގެ ދަމާބާރުގެ މައްޗަށް ކުރިހޯދޭނެ ގޮތެއް ހޯދިފައިވާ ކަމަށް އިންޖިނިއަރަކު ބުނެފި

ބިމުގެ ދަމާބާރު ނުވަތަ ގްރެވިޓީގެ މައްޗަށް ކުރިހޯދައި، އެއްވެސް ބާވަތެއްގެ ފިއުލެއް ނުވަތަ ޕްރޮޕެލަންޓެއް ބޭނުންނުކޮށް އުޅަނދުފަހަރު ދުއްވޭނެ އާ ބާރެއް ހޯދިފައިވާ ކަމަށް ނާސާގެ ކުރީގެ އިންޖިނިއަރަކު ބުނެފިއެވެ. މި ދައުވާ ކުރަނީ އެކްސޮޑަސް ޕްރޮޕަލްޝަން ޓެކްނޮލޮޖީސްގެ ބާނީ އަދި އިލެކްޓްރޯސްޓެޓިކްސްގެ މާހިރެއް ކަމަށްވާ ޗާލްސް ބުލާ އެވެ.

ބުލާ ބުނާ ގޮތުގައި އޭނާގެ ޓީމުން ވަނީ އިލެކްޓްރިކް ފީލްޑްތައް ބޭނުންކޮށްގެން އެއްޗެއް ކުރިއަށް ކޮއްޕާލެވޭނެ "އާ ބާރެއް" ހޯދާފައެވެ. މި ހޯދުމުގެ ސަބަބުން އެއްވެސް އެއްޗެއް ފަހަތަށް ބޭރުނުކޮށް (reactionless drive) އުޅަނދެއް ކުރިއަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ފިޒިކްސްގެ އެންމެ އަސާސީ އެއް ގާނޫނު ކަމަށްވާ ކޮންސަވޭޝަން އޮފް މޮމެންޓަމްއާ ހިލާފު ކަމެއް ކަމަށްވާތީ، ސައިންސްވެރިންގެ މެދުގައި މިކަމަށް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުލާ ބުނީ، "އާންމުންނަށް ދޭން އޮތް އެންމެ މުހިންމު މެސެޖަކީ ބޮޑު ހޯދުމެއް ހޯދިއްޖެކަން. މި އާ ބާރަކީ ހަމައެކަނި އިލެކްޓްރިކް ފީލްޑް ބޭނުންކޮށްގެން އެއްޗެއްގެ މާސް އެއްތަނުން އަނެއްތަނަށް ބަދަލުކޮށްލެވޭނެ ބާރެއް،" ކަމަށެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި 2023 ވަނަ އަހަރު ކުރެވުނު ޓެސްޓުތަކުން، މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބިމުގެ ދަމާބާރުގެ މައްޗަށް ކުރިހޯދޭ ވަރުގެ ބާރެއް އުފެއްދިފައިވެއެވެ.

ޗާލްސް ބުލާ އަކީ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުގައި އިލެކްޓްރޯސްޓެޓިކްސް އެންޑް ސަރފޭސް ފިޒިކްސް ލެބޯޓްރީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ މިހާރު ކުރިއަށްގެންދާ ޕްރޮޕަލްޝަންގެ މަސައްކަތަކީ ނާސާއާ އެއްވެސް ގުޅުމެއް އޮތް މަސައްކަތެއް ނޫންކަން ސާފުކޮށްދީފައެވެ. މި މަސައްކަތުގައި ނާސާގެ އިތުރުން ބްލޫ އޮރިޖިން އަދި އެއަރ ފޯސްގެ މާހިރުންވެސް ބައިވެރިވާ ކަމަށް އޭނާ ބުނެއެވެ.

މިފަދަ "ޕްރޮޕެލަންޓްލެސް" އިންޖީނުތަކުގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން 2001 ވަނަ އަހަރު ރޮޖަރ ޝޯޔާ ތައާރަފުކުރި "އެމްޑްރައިވް" އަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. ނަމަވެސް 2021 ވަނަ އަހަރު ޖަރުމަނުގެ ޔުނިވަރސިޓީއަކުން ކުރި ތަހުލީލުތަކުން އެއީ ހަގީގަތެއް ނޫންކަން ވަނީ ސާބިތުވެފައެވެ. އެހެންކަމުން ބުލާގެ މި ހޯދުމަކީ ވެސް ސައިންޓިފިކް ގޮތުން މިނިވަން ފަރާތްތަކުން އަދި ކަށަވަރުކޮށްފައިވާ ކަމެއް ނޫނެވެ.

މިހާރު އެކްސޮޑަސް ކުންފުނިން ދަނީ އިންވެސްޓަރުން ހޯދުމަށާއި މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސައިންޓިފިކް މުޖުތަމައުން ގަބޫލުކުރާ ގޮތުގައި، މި ހޯދުމަކީ ހަގީގަތެއްކަން ގަބޫލުކުރެވޭނީ އެހެން ލެބޯޓްރީތަކުން މި ތަހުލީލުތައް ތަކުރާރުކޮށް، އެއް ނަތީޖާއެއް ނެރެވިގެންނެވެ. އޭގެ ކުރިން މިއީ ހަމައެކަނި ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ބޮޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭތެރޭގައި ''ނުފެންނަ ބާރެއް'' އުޅޭކަމުގެ އިހުސާސްތައް ކުރެވޭ ސަބަބު ހޯދިއްޖެކަމަށް ސައިންސްވެރިންތަކެއް ބުނެފިދުނިޔެ | ގަޑިއިރެއް ކުރިން"އިންޑިއާއަކީ އެންމެ ކުނި ގިނަ ގައުމު"ކަމަށް ބުނުމުން ބޮޑު ބަހުސަކަށްދުނިޔެ | ގަޑިއިރެއް ކުރިން73 އަހަރަށްފަހު މިސް ފްރާންސް އިން މިސް ޔުނިވާސް 2026 ގައި ބައިވެރިނުވާން ނިންމައިފިދުނިޔެ | ގަޑިއިރެއް ކުރިންބިމުގެ ދަމާބާރުގެ މައްޗަށް ކުރިހޯދޭނެ ގޮތެއް ހޯދިފައިވާ ކަމަށް އިންޖިނިއަރަކު ބުނެފިދުނިޔެ | ގަޑިއިރެއް ކުރިން