73 އަހަރަށްފަހު މިސް ފްރާންސް އިން މިސް ޔުނިވާސް 2026 ގައި ބައިވެރިނުވާން ނިންމައިފި
30 މޭ 2026 - 02:26

މިސް ޔުނިވާސް 2026 ބާއްވާނެ ތާރީޚެއް އަދި އިޢުލާނުކޮށްފައި ނުވާއިރު، މި މުބާރާތާ ގުޅޭގޮތުން ބޮޑު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ވޭތުވެދިޔަ 70 އަށްވުރެ ގިނަ އަހަރު މެދުނުކެނޑި މި މުބާރާތުގައި ބައިވެރިވަމުން އައި މިސް ފްރާންސް ކޮމްޕެނީން ވަނީ 2026 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިނުވާން ނިންމާފައެވެ. ފްރާންސުން މިސް ޔުނިވާސްގައި ބައިވެރިވާން ފަށާފައިވަނީ 1952 ވަނަ އަހަރުން ފެށިގެންނެވެ.
މިސް ފްރާންސް އޯގަނައިޒޭޝަނުން އިންސްޓަގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިނުވާން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. މި ނިންމުމަކީ މިސް ފްރާންސްގެ އައިޑެންޓިޓީއާއި، އަގުތަކާއި އަދި ވައުދުތަކަށް ވަފާތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

Ad by Hajj Corporation
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބައިނަލްއަގުވާމީ މި މުބާރާތަށް މިހާރު އަންނަމުންދާ ބަދަލުތަކާއި މިސްރާބު، މިސް ފްރާންސްގެ އަގުތަކާ ދިމާނުވާ ކަމަށެވެ. ޚާއްޞަކޮށް 2025 ވަނަ އަހަރުގެ މުބާރާތުގައި ފާހަގަކުރެވުނު ގިނަގުނަ އިންތިޒާމީ މައްސަލަތަކާއި (dysfunctions) ގުޅިގެން މި ނިންމުން ނިންމަން މަޖުބޫރުވި ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

InstagramInstagramDown chevron icon
"މިއީ އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި ފްރާންސް ތަމްސީލުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. ނަމަވެސް އަޅުގަނޑުމެންގެ ޒިންމާއަކީ މިސް ފްރާންސްގެ އަގުތަކާއި އައިޑެންޓިޓީ ހިފެހެއްޓުން. މިއަދު މި ނިންމި ނިންމުމަކީ އެކަމަށް އޮތް އިލްތިޒާމެއް،" މިސް ފްރާންސްގެ ރައީސް ފްރެޑްރިކް ގިލްބަރޓް ވިދާޅުވެފަވެއެވެ.
މިސް ފްރާންސް އިން ވަނީ މިއީ ހަމައެކަނި 2026 ވަނަ އަހަރުގެ އެޑިޝަނަށް ނިންމި ނިންމުމެއްކަން ސާފުކޮށްދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މުބާރާތަށް އަންނަ ބަދަލުތައް މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އަލުން މުބާރާތުގައި ބައިވެރިވުމުގެ އުންމީދު އެބައޮތް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


