logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރަނީ

އައިޝަތު ނަޝާ
31 މޭ 2026 - 13:42
މާލޭ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރަނީ

މަނާ ތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވުމަށް މާލޭގެ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރު ބެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކުރިއަށްދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށާއި، އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ރާއްޖެއަށް އެތެރެވާ ތަކެތި ދެނެގަނެ، ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަމުންދާ ކަމަށެވެ. އަދި އަތުލައިގަންނަ ތަކެތީގެ މިންވަރު އިތުރުވުމަކީ، ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި ސްކްރީނިންގ ކުރަން ފެށުމުން، ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޮންޓެއިނަރުތައް ހުރިގޮތަށް ސްކޭން ކުރެވޭނެ އިންތިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ މައި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް އެބަދޭ. ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެ. އޭރަށް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހާރު ޤަވާއިދާ ޚިލާފަށް ތަކެތި އެތެރެކުރާ ކަންކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެންދާނެ." ވަޒީރު އިހްސާން ވިދާޅުވިއެވެ.

މީގެކުރިން ރާއްޖެއަށް ވައިގެމަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިހާރު ހުރިހާ ޕެކޭޖެއް ދަނީ ސްކޭން ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ މައި ވިޔަފާރި ބަނދަރުގައި ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރަނީޚަބަރު | 2 ގަޑިއިރު ކުރިންދިވެހި މުޖުތަމައުގެ އަހުލާގީ ފެންވަރު މިހާރުވަނީ އިންތިހާއަށް ދަށަށް ގޮސްފަ: އިހްސާންޚަބަރު | 2 ދުވަސް ކުރިންބަތޮލެއް ނޫން، ޖަލުގައިވެސް ވަގެއްކަމުގެ ތުހުމަތުރިޕޯޓް | 3 ދުވަސް ކުރިންއޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހީގައި ރަށްރަށުގެ ދަނޑުތަކުގައި ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށް އިސްކަންދެނީޚަބަރު | 18 ދުވަސް ކުރިން