logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ލުބްނާނުގެ ޞަލީބީންގެ ޒަމާނުގެ ކިއްލާއެއް ހިފައިފި، މިއީ 26 އަހަރު ތެރޭގައި އެ ގައުމުގެ އެންމެ އެތެރެއަށް ވަދެގަތް ފަހަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މޭ 2026 - 18:13
އިސްރާއީލުން ހިފި ސަލީބީ ޒަމާނުގެ ތާރީޚީ ކިއްލާ، ފޮޓޯ: އޭޕީ
އިސްރާއީލުން ހިފި ސަލީބީ ޒަމާނުގެ ތާރީޚީ ކިއްލާ، ފޮޓޯ: އޭޕީ

ފާއިތުވި 26 އަހަރުގެ ތެރޭގައި ލުބުނާނުގެ އެންމެ އެތެރެއަށް ވަދެގަނެ، އެ ގައުމުގެ ދެކުނުގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު ފަރުބަދައެއްގެ މަތީގައި ހުރި "ބޯފޯޓް" ކިއްލާ އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިފާފައިވާ ކަމަށް އާދީއްތަ ދުވަހު އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ނަބަޠިއްޔާ ސިޓީއާ ކައިރީގައި ހުންނަ، ޞަލީބީންގެ ޒަމާނުގައި ބިނާކޮށްފައިވާ މި ކިއްލާ އިސްރާއީލުގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ، އެ ސަރަހައްދުގެ އަވަށްތަކުގައި ހިޒްބުﷲގެ މުޖާހިދުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، މެދުނުކެނޑި ދިން ވައިގެ ހަމަލާތަކަށް ފަހުގައެވެ. މިއީ ވޭތުވެދިޔަ ފަންސަވީހަކަށް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އިސްރާއީލު ސިފައިން ލުބުނާނުގެ މިހާ ފުން ސަރަހައްދަކަށް ވަދެގަތް ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަބަޓިޔޭ ސިޓީ ކައިރީގައި ހުންނަ މި ކިއްލާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ އެ ސަރަހައްދުގެ އަވަށްތަކުގައި ހިޒްބުالله ޖަމާއަތާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ. މި ކުރިމަތިލުންތައް ފެށިފައިވަނީ މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހު، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއަކާ ގުޅިގެން ހިޒްބުالله އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް އެކްސްގައި ބުނޯ، ލުބުނާނުން އިސްރާއީލު ސިފައިން ފޭބިތާ 26 އަހަރު ފަހުން އަލުން އެ ކިއްލާގައި އިސްރާއީލުގެ ދިދަ ނަގާފައިވާ ކަމަށެވެ. އަދި ހިޒްބުالله އިން ބޭނުންކުރާ އިންފްރާސްޓްރަކްޗާތައް ނައްތާލެވެންދެން އެ ސަރަހައްދުގައި ސިފައިން މަޑުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. މި ކިއްލާ އަކީ މީގެ ކުރިން 1982 އިން 2000 ވަނަ އަހަރާ ހަމައަށްވެސް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ.

Screenshot 2026-05-31 232616.png

އިސްރާއީލުން ހިފި ސަލީބީ ޒަމާނުގެ ތާރީޚީ ކިއްލާ ހުންނަ ސަރަހައްދު، ފޮޓޯ: އޭޕީ

 

މި ހަމަލާތަކާ ގުޅިގެން ލުބުނާނުގެ ޕާލަމެންޓްގެ ރައީސް ނަބީހް ބެރީ ވިދާޅުވީ، ހިޒްބުالله އިން ހަނގުރާމަ ހުއްޓާލުމަށް ފުރިހަމައަށް އެއްބަސްވާ ކަމަށެވެ. ނަމަވެސް "އިސްރާއީލުގެ އުދުވާންތައް ހުއްޓުވަން މަޖުބޫރު ކުރާނީ ކާކު؟" އޭނާ ސުވާލު އުފެއްދެވިއެވެ. ފަރަންސޭސި ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޮޓް ވެސް ވަނީ އިސްރާއީލުގެ މި އަމަލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިވަޑައިގެންފައެވެ.

ބިއުފޯޓް ކިއްލާ އަކީ 12 ވަނަ ގަރުނުގައި ބިނާކޮށްފައިވާ، ތާރީޚީ ގޮތުންނާއި އަސްކަރީ ގޮތުން ނުހަނު މުހިންމު ތަނެކެވެ. ލިޓާނީ ކޯރު ފެންނަ ގޮތަށް އުސް ފަރުބަދައެއްގެ މަތީގައި ހުންނަ މި ކިއްލާ އަކީ އެކި ޒަމާންތަކުގައި ސަލާހުއްދީން އަޔޫބީގެ ލަޝްކަރާއި، އުސްމާނީ ދައުލަތާއި، ފަރަންސޭސިން އަދި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ބޭނުންކޮށްފައިވާ ތަނެކެވެ.

އިސްރާއީލުން މި ކުރިއެރުން ހޯދާފައިވަނީ އަންގާރަ ދުވަހު ވޮޝިންގްޓަންގައި ލުބުނާނާއި އިސްރާއީލާ ދެމެދު ސީދާ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނިކޮށެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ލުބްނާނުގެ ޞަލީބީންގެ ޒަމާނުގެ ކިއްލާއެއް ހިފައިފި، މިއީ 26 އަހަރު ތެރޭގައި އެ ގައުމުގެ އެންމެ އެތެރެއަށް ވަދެގަތް ފަހަރުދުނިޔެ | ގަޑިއިރެއް ކުރިންއީރާނަށް އަލުން ހަމަލާދޭނެ، އެއީ ޝައްކެތް އޮތް ކަމެއްނޫން: އިސްރާއީލްގެ މީޑިއާދުނިޔެ | 13 ދުވަސް ކުރިންއިސްރާއީލަށް ރެކޯޑް މިންވަރަކަށް އަރައިގަތް މާމުތް ކުޅަނދުތަކާއި މައުރޫފް ރައްމާލްގެ މަރުދުނިޔެ | މަހެއް ކުރިންއިސްރާއީލުގެ ހުށަހެޅުންތަކަށް ހިޒްބުالله އިން ދެކޮޅު ހަދައިފިދުނިޔެ | 2 މަސް ކުރިން