logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖޫން 2026 - 07:46
''ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ''

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީ ކަމަށްވާ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ 'ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގ' 'ސީސީ' އިން 'ސީސީސީ-' އަށް އިއްޔެ މަތިކޮށްފައިވާއިރު، މި ބަދަލަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް އެ އެޖެންސީގެ އެންމެ ފަހުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ފިޗުން ހާމަކުރި ގޮތުގައި، ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ބޭރުގެ ދަރަނި ކަމަށްވާ ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ދިމާވެދާނެ ނުރައްކާތައް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ވަކިން ހާއްސަކޮށް، 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު ދެއްކުމަކީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ކުޑަވެގެންދިޔަ ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކުރިއެރުމާ ގުޅިގެން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ވިދާޅުވީ، ރޭޓިންގް މަތިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން އަޅަމުންދާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއި މާލީ އަދަބުވެރިކަމުގެ ނަތީޖާ ކަމަށެވެ.

 "މިއަދުގެ މި ކުރިއެރުމަކީ ރައީސް މުއިއްޒުގެ ލީޑަޝިޕްގައި ގެންނަވަމުންދާ އިގްތިސާދީ އިސްލާހުތަކާއި ދަރަނި ބެލެހެއްޓުމުގެ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީ. އަޅުގަނޑުމެން މިތިބީ އަނެއްކާވެސް ރަނގަޅު މިސްރާބެއްގައި" ކަމަށް މަމްދޫހް ވިދާޅުވިއެވެ.

 

View post on Twitter

 

ސަރުކާރުން ހާމަކުރި ގޮތުގައި، ރޭޓިންގ އަށް އައި މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި ދަރަނި ބެލެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކާއި، ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކޮށް ރިޒާވް ވަރުގަދަކުރުމަށް ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ޤާނޫނު ހިމެނޭކަން ސަރުކާރުން ފާހަގަކުރެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ބުނީ، މި ރޭޓިންގ އަކީ ދުނިޔޭގެ އިގްތިސާދީ ނުތަނަވަސްކަމުގެ ތެރޭގައިވެސް، ދައުލަތުގެ މާލީ ހާލަތު ހަމަޖެއްސުމަށާއި ދަރަނި އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގައުމުގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، މާލީ ސިޔާސަތުތައް ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ފިޗުން އިތުރަށް ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި ދައްކަންޖެހޭ މިންވަރު މަދުވުމާއި، ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދިއުމަކީ، ރާއްޖޭގެ މާލީ ދަތިކަން ހައްލުވެ، ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވާނެ ކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ އޮތީ އެމްޑީޕީ ސަރުކާރުން ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން: މަމްދޫހްޚަބަރު | 3 ގަޑިއިރު ކުރިންއިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސް ގޮވާލައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންތިލަފުއްޓަށް ބަދަލު ކުރަނީ ޕޯޓްގެ 80% އަނެއްބައި ކުރިޔަށް ދާނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިން