logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޠަނީ ޚިދުމަތުގެ 2 ވަނަ ބެޗް ތަމްރީނަށް ފުރައިފި

އައިޝަތު ނަޝާ
4 ޖޫން 2026 - 11:25
 ވަޠަނީ ޚިދުމަތުގެ 2 ވަނަ ބެޗް ތަމްރީނަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ 2 ވަނަ ބެޗްގެ ދަރިވަރުން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފަންނީ ޢިލްމާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބ.ކިހާދޫގައި ހުންނަ އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ތަމްރީނުތަކުގައި 77 ދަރިވަރުން ބައިވެރިވާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 2 ވަނަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަކީ، 2026 މެއި 23 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ދެވަނަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި ފަންނީ ތަމްރީނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ފަންނީ ތަމްރީނަށް ފުރުޞަތުދެވުނު ދަރިވަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ 2 ވަނަ ބެޗް ތަމްރީނަށް ފުރައިފިޚަބަރު | 2 ގަޑިއިރު ކުރިންބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފިޚަބަރު | 11 ދުވަސް ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި 63 ޒުވާނުންނަށް ރައީސް މަރުހަބާ ކިޔައިފިޚަބަރު | 12 ދުވަސް ކުރިންގައުމީ ޚިދުމަތުގެ ތަމްރީނާއެކު ޒުވާނެއްގެ ދިރިއުޅުމަށް އިންގިލާބީ ބަދަލެއް؛ މައެއްގެ އިމެއް ނެތް ތައުރީފު ސަރުކާރަށް!ޚަބަރު | 17 ދުވަސް ކުރިން