logo
MPL

MPL

ޚަބަރު

ރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއި ގުޅުވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް

އައިޝަތު އިނާޝާ
5 ޖޫން 2026 - 06:50
ރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއި ގުޅުވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް

2 ރަބީޢުލްއާޚިރު 1448 ގައި ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރުވާ މުނާސަބަތާއެކު، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމަވާފައިވާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި މަހާސިންތާގައި ބައިވެރިވެލެއްވުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީއަށް މިހާރު ވުޒާރާއިން ދަޢުވަތު ދެއްވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުންނަށް މި މަހާސިންތާ އަށް މާލެ އައުމުގެ އިންތިޒާމްތައް އެ ވުޒާރާއިން ހަމަޖެއްސުމަށް މަސައްކަތްކުރާނެކަމަށާއި، މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް، ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަށްވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން މި ކޮންފަރެންސައި ބައިވުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ ޒުވާން ޚަޠީބުން މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އިލްތިމާސް ކުރައްވާފައެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމްފުރުމަށް މި މަސްތެރޭގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިވަގުތާ ހަމައަށް ރާއްޖޭގެ ޙާފިޒުންގެ ދަފްތަރު 307 ޙާފިޒުންނަށް ވަނީ އަރާފައިވާއިރު، ޒުވާން ޚަޠީބުންގެ މިވަގުތުގެ އަދަދަކީ 532އެވެ. ސެޕްޓެމްބަރު މަހުގެ ކުރިން އަމާޒުކޮށްފައިވާ 1000 ޚަޠީބުން ހަމަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިނިސްޓަރު ޝަހީމް ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފިޚަބަރު | 20 މިނިޓު ކުރިންރޯދައަށް ބައެއް މިސްކިތްތައް މަރާމާތުކުރުމަށް އުރީދޫގެ އެހީޚަބަރު | 22 ދުވަސް ކުރިންރޯދަ މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެ: ޝަހީމްޚަބަރު | 23 ދުވަސް ކުރިންޙައްޖު ކިއުގައި ގިނަ ދުވަސްވީ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ގެ ޙައްޖުން ފުރުސަތު!ޚަބަރު | 25 ދުވަސް ކުރިން