logo
Bank of Maldives

Bank of Maldives

ލައިފްސްޓްއިލް

އައި ފިލްމްސް ގެ ޕާޓީ އަށް އިތުރު ކާސްޓުން ހޯދަނީ

އައި ފިލްމްސް ގެ ޕާޓީ އަށް އިތުރު ކާސްޓުން ހޯދަނީ

އައިފިލްމްސް އިން އަލަށް ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓު ކަމަށްވާ 'ޕާޓީ' އަށް އިތުރު ކާސްޓުން ހޯދަން އިއުލާންކޮށްފިއެވެ.

އެ ޕްރޮޑަކްޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ތަފާތު އެކި އުމުރުގެ މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން 2 މަހާއި 8 މަހާ ދެމެދުގެ ދެ ކުދިންނާއި 4 އަހަރާއި 6 އަހަރުގެ ދެމެދުގެ އަންހެން ކުދިންނާއި 10 އަހަރާއި 12 އަހަރުގެ ދެމެދުގެ ދެ އަންހެން ކުދިން ބޭނުންވާކަމަށް ބުނެއެވެ. އަދި 50 އަހަރުން މަތީގެ އަންހެނަކާއި 18 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުން ބޭނުންވާ ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައި ފިލްމްސް އިން ބުނީ މި ކެރެކްޓަރތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕްރޮޑަކްޝަންގެ މީސްމީޑިއާގެ އެކި މަންސަތަކަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ.

އައިފިލްމްސްގެ 7 ވަނަ އަހަރީދުވަހާ ގުޅުވައިގެ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިއިއުލާން ކޮށްފައިވާ ފީޗަރ ފިލްމު "ޕާޓީ" އަކީ ނުދައްކާ ވާހަކަ ދައްކަން ހަދާ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. މިއީ ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔަރވެގެން ގެނެސްދޭ ފިލްމެއް ކަމަށް ބުނެއެވެ.

މި ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން އަދިހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމުގައި ވެސް ގިނަ ތަރިންތަކެއް އުޅޭނެކަން މިވަނީ ހާމަވެފައެވެ.

ކޮންމެއަކަސް އައިފިލްމްސް އިން އުފައްދާ ފިލްމުތަކުގެ ތަރީން ހާމަކުރަނީ ސަޕްރައިޒްކޮށްނެވެ. އެގޮތުން މިފަހުން އުފެއްދި 'ލޯބިން' ގެ ތަރީންނަކީ ކޮބައިކަން ވެސް ހާމަކުރީ ފިލްމުގެ ޝޫޓިންގ ބޮޑުބައެއް ނިމުނުފަހުން ސަޕްރައިޒްގޮތަކަށެވެ.

އެހެންކަމުން 'ޕާޓީ' ގައި ވެސް އެފަދަ ސިއްރުތަކެއް އެކިލެވުގެންވާނެކަމަށް ބެލެވެއެވެ. އަދި ކުޅަދާނު ތަރީންނާއި އަލަށް ފިލްމީ ދާއިރާ އަށް ނުކުންނަ ތަރިން ވެސް ހިމެނޭނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި ފިލްމްސް ގެ ޕާޓީ އަށް އިތުރު ކާސްޓުން ހޯދަނީލައިފްސްޓްއިލް | 2 ގަޑިއިރު ކުރިން