އިއްލެގެ ޕާޓީ ފަށައިފި
22 ޖޫން 2026 - 04:21

އައިފިލްމްސް އިން އުފައްފާ ދިވެހި ފިލްމު 'ޕާޓީ" ގެ ޝޫޓިންގ ފަށައިފިއެވެ.
'މެންދުރު' އަށް މައުލޫމާތު ދެމުން އެ ޕްރޮޑަކްޝަނުން ބުނީ ޝޫޓިންގ ފެށީ މިއަދު ކަމަށެވެ. އަދި ޝޫޓިންގ ފެށިކަން އިންސްޓަގްރާމު މެދުވެރިކޮށް ވަނީ ޕޯސްޓުކޮށްފައެވެ. ނަމަވެސް މާގިނަ މައުލޫމާތެއް އަދިހާމައެއް ނުކުރެއެވެ.

Ad by Hajj Corporation
މި ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން ވެސް ހާމަކޮށްފައިނުވާއިރު، މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އަދި އެންމެ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު ވަނީ އެ ޕްރޮޖެކްޓުގައި ބައިވެރިވެފައެވެ. ނިއުމާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ 'ޕާޓީއަށް ސޮއިކޮށްފިން" ކަމަށެވެ. ނަމަވެސް އެއީ ކާސްޓެއްގެ ގޮތުގައިކަމެއް ނުވަތަ ޕްރޮޑަކްޝަން ސައިޑުންކަމެއް ނުބުނެއެވެ.
އައިފިލްމްސްގެ ޕާޓީ އަށް ކާސްޓުން ހޯދުމަށް ވެސް އިއުލާންކޮށްފައިވާއިރު، އޭގެތެރޭގައި 2 މަހާއި 8 މަހާ ދެމެދުގެ ދެ ކުދިންނާއި 4 އަހަރާއި 6 އަހަރުގެ ދެމެދުގެ އަންހެން ކުދިންނާއި 10 އަހަރާއި 12 އަހަރުގެ ދެމެދުގެ ދެ އަންހެން ކުދިން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. އަދި 50 އަހަރުން މަތީގެ އަންހެނަކާއި 18 އަހަރުން މަތީގެ އަންހެނުންނާއި ފިރިހެނުން ބޭނުންވާ ކަމަށް ވެސް އެ ޕްރޮޑަކްޝަނުން ބުނެއެވެ.
އައި ފިލްމްސް އިން ބުނީ މި ކެރެކްޓަރތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެ ޕްރޮޑަކްޝަންގެ މީސްމީޑިއާގެ އެކި މަންސަތަކަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ.
އައިފިލްމްސްގެ 7 ވަނަ އަހަރީދުވަހާ ގުޅުވައިގެ މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިއިއުލާން ކޮށްފައިވާ ފީޗަރ ފިލްމު "ޕާޓީ" އަކީ ނުދައްކާ ވާހަކަ ދައްކަން ހަދާ ފިލްމެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމުވެސް ލިޔެ ޑައިރެކްޓްކުރާނީ އިލްޔާސް ވަހީދު (އިއްލެ) އެވެ. މިއީ ދިވެހި މުޖުތަމައުގައި ހުރި ކަންކަމުން އިންސްޕަޔަރވެގެން ގެނެސްދޭ ފިލްމެއް ކަމަށް ބުނެއެވެ.

InstagramInstagramDown chevron icon


