logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް އިފްތިތާޙުކޮށްފި

މަރިޔަމް މާޙީ
5 ޖޫން 2026 - 18:14
 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް އިފްތިތާޙުކޮށްފި

މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، "ދަ ޕަލްސް"ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް މިއަދު ފައްޓަވައިފިއެވެ.

ރައްޔިތުންގެ އިޙްސާސްތަކާއި ގުޅުންހުރި މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ފަރުމާކޮށްފައިވާ މި ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް، މިއަދު މެންދުރުފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި ޝާއިޢުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕޮޑްކާސްޓް ސިލްސިލާއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައި، އެކަންކަމާ ގުޅޭގޮތުން އެމަނިކުފާނު ސީދާ ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. "ދަ ޕަލްސް"ގެ ފުރަތަމަ އެޕިސޯޑް ނެރުނު ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި އެޕިސޯޑް ޚާއްޞަކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫއަށެވެ.

މި އެޕިސޯޑުގައި ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިން ފާޅުކުރެއްވި ބައެއް ޚިޔާލުތަކާއި ޝުޢޫރުތަކަށް ރައީސް މުޢިއްޒު ވަނީ އަލިއަޅުއްވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި ހުރި ދަތިތަކުގެ އިތުރުން، ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ ގޮންޖެހުންތައް ހިމެނެއެވެ.

ޕޮޑްކާސްޓްގެ ދެވަނަ ބައި ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔަކާއެކު ބޭއްވި ޚާއްޞަ ބަސްދީގަތުމެއްގެ ގޮތުގައެވެ. އެގޮތުން ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގަތީ 'ވަގުތު' ނޫހުގެ ނޫސްވެރިޔާ ޔާމީން މުޙައްމަދެވެ. ނޫސްވެރިޔާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ޢަމަލީގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "ދަ ޕަލްސް" އަކީ ކޮންމެ އެޕިސޯޑެއްގައިވެސް ވަކި މައުޟޫޢަކަށް އަމާޒުކޮށް، ރައްޔިތުންގެ ވިންދު ހުރިގޮތް ދެނެގަނެ، އެކަންކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އެކުލަވާލާފައިވާ މުހިންމު މަންސައެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް އިފްތިތާޙުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޤައުމީ ވާޖިބެއްކަމުގައި ދެކެންވާނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން ''އެ ތިން ރައީސުން'' ގައުމު ވައްޓާލި އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް މި ރައީސް ހޯއްދަވައިދެއްވީ ބޮޑު ކާމިޔާބެއް''ރިޕޯޓް | 10 ގަޑިއިރު ކުރިންއިކޮސޮކްއަށް ރާއްޖެ އިންތިޚާބުވުން - ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް: ރައީސްޚަބަރު | ދުވަހެއް ކުރިން