logo
Bank of Maldives

Bank of Maldives

ޚަބަރު

އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވުން - ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް: ރައީސް

އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވުން - ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް: ރައީސް

އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) އަށް ރާއްޖެ އިންތިޚާބުވުމަކީ ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި މިއަދަކީ ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް ކަމަށާއި އެއީ، ދިވެހިރާއްޖެ 2027–2029 ވަނަ ދައުރަށް ޔުނިޓެޑް ނޭޝަންސްގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމުގެ ކައުންސިލް (ECOSOC) އަށް ހޮވުންކަން ފާހަގަކުރައްވާ ވިދާޅުވީ މިއީ ދިވެހިރާއްޖެ އދ. ގެ މެމްބަރަކަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވި ފުރަތަމަ ފަހަރުކަމަަށެވެ.

ރައީސް ވިދާޅުވީ މި ކާމިޔާބުކަން ދައްކައިދެނީ ދުނިޔޭގެ ޖަމާޢަތުން ދިވެހިރާއްޖެއަށާއި، ބައިވެރިވެ މަލްޓިލެޓަރަލް ގުޅުންތަކުގައި ހިއްސާވުމަށް އެކުލަވާލާ އިލްތިޒާމަށް އޮތް އިތުބާރާއި ޔަޤީންކަން ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހަކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވެސް ވިދާޅުވިއެވެ.

އިކޮސޮކް އަށް ރާއްޖެ އިންތިޚާބުވުމާގުޅިގެން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އިކޮސޮކް އަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ގައުމަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެއްކަމަށެެވެ. އަދި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢިން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާޜިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއްކަން ފާހަގަކުރައްވާ، ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ދިވެހިރާއްޖެއަށް މި ލިބުނު ތާއީދާއި އިތުބާރަށްޓަކައި، އ.ދ. ގެ މެންބަރު ގައުމުތަކަށް ދިވެހިރާއްޖެއިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މިނޭމީ 31 ޑިސެމްބަރު 2029 ގައެވެ. މި އިންތިޚާބުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިޚާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވުން - ޤައުމަށް ފަޚުރުވެރި އަދި ތާރީޚީ މައިލްސްޓޯނެއްގެ ދުވަހެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމަރްހޫމް ޞިއްދީޤު ޢަލީ ގެ އާއިލާ އަށް ރައީސްގެ ތައުޒިޔާޚަބަރު | 6 ގަޑިއިރު ކުރިން''ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ''ޚަބަރު | 11 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ބުރުގައި 77 ބައިވެރިންޚަބަރު | ދުވަހެއް ކުރިން