މަރްހޫމް ޞިއްދީޤު ޢަލީ ގެ އާއިލާ އަށް ރައީސްގެ ތައުޒިޔާ
މުޙައްމަދު އަފްރާޙް
4 ޖޫން 2026 - 12:16
މަރްހޫމް ޞިއްދީޤު ޢަލީ ގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ، މީދުއަށާއި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، އެރަށު ސާޔާ ޞިއްދީޤު ޢަލީ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު، ތަޢުޒިޔާ ދަންނަވާފައި ވެއެވެ.

Ad by Hajj Corporation
މީގެއިތުރުން މާތްﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުމަށް ދުޢާ ކުރައްވާފައި ވެއެވެ.


