logo
Bank of Maldives

Bank of Maldives

ޚަބަރު

މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 00:58
މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި: ރައީސް

މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައިވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް އިފްތިތާޙުކުރި ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށް ވުމާއެކު، މި އެޕިސޯޑް ޚާއްޞަކުރައްވާފައިވަނީ ތިމާވެށީގެ މައުޟޫޢަށެވެ.

މި އެޕިސޯޑުގައި ތިމާވެއްޓާ ގުޅިގެން އާންމު ރައްޔިން ފާޅުކުރެއްވި ބައެއް ޚިޔާލާއި ޝުޢޫރު، އަދި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅިގެން ރައްޔިތުން ހިއްސާކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް އުދައެރުމާއި، ކުނި ނައްތާލުމުގައި ހުރި ދަތިތަކުގެ އިތުރުން ބިން ހިއްކުން ފަދަ މަޝްރޫޢުތަކުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ ގޮންޖެހުންތައް ހިމެނެއެވެ.

މިކަންކަމަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ނާޒުކު ފައްތަރެއްގައި އޮތް ޤައުމެއް ނަމަވެސް، ރާއްޖެއަކީ ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ލީޑަރޝިޕް ނަގާ ޤައުމެއް ކަމަށެވެ. ތަރައްޤީއާއި ތިމާވެއްޓަކީ އެކުއެކުގައި ގުޅިލާމެހިގެން، އެއްކަމަކުން އަނެއްކަމަކަށް ފައިދާކުރާ، ވަށާޖެހޭ ގޮތަށް އޮންނަ ދެ ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ސިޓީތަކާއި ރަށްތައް ފެހިކުރުމަށް ހިންގާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ބެހޭ ތަފްސީލީ މަޢުލޫމާތު ދެއްވައި، ކޮންމެ ރައްޔިތަކުވެސް އަމިއްލަ އިސްނެގުމުގެ މަތިން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަކީ އަސާސީ ކަމެއްގެ ގޮތުގައި: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕަލްސް'ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް އިފްތިތާޙުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޤައުމީ ވާޖިބެއްކަމުގައި ދެކެންވާނެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން ''އެ ތިން ރައީސުން'' ގައުމު ވައްޓާލި އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް މި ރައީސް ހޯއްދަވައިދެއްވީ ބޮޑު ކާމިޔާބެއް''ރިޕޯޓް | 17 ގަޑިއިރު ކުރިން