logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 01:13
ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރު ދެއްކި މައްސަލައެއް

ކުރީގެ އަނބިމީހާ އެހެން މީހަކަށް ވިއްކާލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކަމުންދާ ކަމުގެ ޝަކުވާ ހުޅުމާލެ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އޭނާ އެހެން މީހަކަށް ވިއްކާލާނެ ކަމުގެ އިންޒާރު ކުރީގެ ފިރިމީހާ ދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގައި ބިރުދެއްކުމުގެ އަމަލެއް ހިމެނުނު ކަމުގައިވިޔަސް، ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް މިހާތަނަށް ކުރެވިފައި ނުވާކަމަށެވެ. އަދި މިއީ ބިރުދެއްކުމުގެ މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއްކަން ފުލުހުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއްވެސް މި މައްސަލައިގައި ހިމެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ އަނބިމީހާ ވިއްކާލާނެކަމަށް ބުނެ ބިރު ދެއްކި މައްސަލައެއްޚަބަރު | 2 ގަޑިއިރު ކުރިންއަނބިމީހާ "ހައްޔަރުކޮށްގެން" ހަށިވިއްކުވި ބިދޭސީއަކު ހައްޔަރު ކޮށްފި!ޚަބަރު | 16 ގަޑިއިރު ކުރިންމާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދީފިޚަބަރު | 21 ގަޑިއިރު ކުރިންފެރިދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުވައިފިޚަބަރު | 3 ދުވަސް ކުރިން