logo
Bank of Maldives

Bank of Maldives

ދުނިޔެ

ހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 01:29
ހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފި

އެމެރިކާގެ ނޮދަން ކެލިފޯނިއާގެ ހައި ސްކޫލެއްގެ ގްރެޖުއޭޝަން ހަފްލާއެއް ނިމުނުތަނާހެން ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި 18 އަހަރުގެ ކުއްޖަކު މަރުވެ، އިތުރު ތިން މީހަކު ޒަޚަމްވެއްޖެ ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެފިއެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެއަރފީލްޑް ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑު 7:15 ހާއިރު، ސެމް ޔެޓޯ ހައި ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ނިމުނުތަނާހެން ފެއަރފީލްޑް ހައި ސްކޫލްގެ ޕާކިން އޭރިއާގައެވެ.

މި ހާދިސާގައި ޖުމްލަ ހަތަރު މީހަކަށް ވަޒަން އަރާފައިވާއިރު، އޭގެ ތެރެއިން 18 އަހަރުގެ ޒުވާނާ ވަނީ މަރުވެފައެވެ. އަނިޔާވި އަނެއް ތިން މީހުންނަކީ 11 އަހަރުގެ ކުއްޖަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހެކެވެ. މަރުވި 18 އަހަރުގެ ކުއްޖަކީ އެ ދުވަހު ދަސްވެނިވި ދަރިވަރެއްކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

ފުލުހުން ބުނީ މިހާރު އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް މި ހަމަލާ ދިން މީހާއާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހަފްލާގައި ގާތްގަނޑަކަށް 1،000 އެއްހާ މީހުން ބައިވެރިވެފައިވާތީ، މި ހާދިސާ ލޮލުން ދުށް އެތައް ސަތޭކަ ބަޔަކު ތިބޭނެ ކަމަށް ފުލުހުން ލަފާކުރެއެވެ.

"ޑިޓެކްޓިވްުން މިހާރު ދަނީ ހާދިސާ ފެނުނު މީހުން ދެނެގަނެ، އެމީހުންގެ ބަޔާންތައް ނަގަމުން. އަދި ތަހުގީގަށް ލިބޭ މައުލޫމާތުތަކަށް ބަލައި މައްސަލަ އިތުރަށް ކުރިއަށް ގެންދަނީ،" ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފެއަރފީލްޑް-ސުއިސުން ޔުނިފައިޑް ސްކޫލް ޑިސްޓްރިކްޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ ހެޔޮދުއާ ވަނީ މި ހާދިސާގެ އަސަރުކުރި ފަރާތްތަކާއެކު" ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންލޯބިވެރިންނަށް އައިފޯން ގަނެދިނުމަށް 6.5 ލައްކަ ރުޕީސްގެ އިސްކުރު ވަގަށް ނަގައިފިދުނިޔެ | 13 ގަޑިއިރު ކުރިންގޭތެރޭގައި ''ނުފެންނަ ބާރެއް'' އުޅޭކަމުގެ އިހުސާސްތައް ކުރެވޭ ސަބަބު ހޯދިއްޖެކަމަށް ސައިންސްވެރިންތަކެއް ބުނެފިދުނިޔެ | 7 ދުވަސް ކުރިން