logo
Bank of Maldives

Bank of Maldives

ދުނިޔެ

އީލޮން މަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް ބުނާ ވާހަކައަށް އޭނާ އެއްބަސްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 01:36
މަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކްގެ ސިޔާސީ ފިކުރު ކަނާތު ފިޔައިގެ ފިކުރަށް ބަދަލުވުމުގައި އޭނާއާ ގުޅުން ކެނޑިފައިވާ ޓްރާންސްޖެންޑަރ ދަރިފުޅު ވީވިއަން ވިލްސަންގެ ދައުރެއް އޮތް ކަމަށް ބުނާ ވާހަކަތަކަށް އޭނާ އެއްބަސްވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި މީހަކު ކުރި ޕޯސްޓަކަށް ޖަވާބު ދެމުން މަސްކް ވަނީ އެއީ "ތެދެއް" ކަމަށް ބުނެ އެންމެ ބަހަކުން ޖަވާބު ދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްކް މިފަދައިން ޖަވާބު ދިނީ، ވީވިއަންގެ ސަބަބުން ނޫން ނަމަ މަސްކް ސިޔާސީ ދާއިރާއަށް ނުވަންނާނެ ކަމަށާއި، ޓްވިޓަރ ނުގަންނާނެ ކަމަށް ބުނެ ކުރި ޖޯކު ޕޯސްޓަކަށެވެ. 22 އަހަރުގެ ވީވިއަން އަކީ މަސްކްގެ 14 ކުދިންގެ ތެރެއިން އެކަކެވެ. މަސްކްގެ މި ކުރު ޖަވާބާއެކު، އޭނާގެ އާއިލީ މައްސަލަތަކާއި ސިޔާސީ ނިންމުންތަކާ ހުރި ގުޅުމާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މަސްކް ވަނީ ކޮންޒަވޭޓިވް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކޮށް، ޓްރާންސްޖެންޑަރ ހައްގުތަކަށް ފާޅުގައި ފާޑުކިޔާފައެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ތާއީދުކޮށްފައެވެ. ޓްރަމްޕްގެ ދެވަނަ ދައުރު ފެށުމާއެކު ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝަންސީ (DOGE) ބެލެހެއްޓުމަށް މަސްކް އައްޔަންކުރި ނަމަވެސް، ބަޖެޓާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ 130 ދުވަސް ފަހުން އޭނާ ވަނީ އެ މަގާމުން ވަކިވެފައެވެ.

2020 ވަނަ އަހަރުން ފެށިގެން ބައްޕައާ ގުޅުން ކެނޑިފައިވާ ވީވިއަން ބުނެފައިވަނީ، އޭނާގެ ދިރިއުޅުމަކީ މަސްކްއާ އޮންނަ ގުޅުމުން މާނަކުރަން ބޭނުންނުވާ ކަމަށެވެ. 

"އެއީ އަހަރެންގެ މާޒީގެ ބައެއް، އެކަމަކު އެއީ އަހަރެންގެ މުސްތަގުބަލެއް ނޫން،" ވީވިއަން ބުނެފައިވެއެވެ.

އޭނާގެ ކުޑައިރުގެ ދިރިއުޅުމަކީ ވަރަށް އެކަހެރި އަދި އާދަޔާ ހިލާފު ދިރިއުޅުމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.

މޮޑެލިންގް ދާއިރާއިން ކެރިއަރެއް ބިނާކުރަމުންދާ ވީވިއަން ބުނި ގޮތުގައި އޭނާ މިހާރު ހުރީ މާލީ ގޮތުން މިނިވަންކޮށެވެ. މަސްކްގެ ބޮޑު މުއްސަނދިކަމަށް ބަރޯސާނުވާ ކަމަށާއި، އަމިއްލަ މަސައްކަތުން ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ހޯދޭ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، އޭނާގެ ބައްޕައަށް އިތުރު ކުދިން ލިބޭ ޚަބަރުވެސް އޭނާއަށް ލިބެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށް ބުނެ އޭނާ ވަނީ މަސްކްއާ އޮތް ދުރުމިން ހާމަކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންލޯބިވެރިންނަށް އައިފޯން ގަނެދިނުމަށް 6.5 ލައްކަ ރުޕީސްގެ އިސްކުރު ވަގަށް ނަގައިފިދުނިޔެ | 13 ގަޑިއިރު ކުރިންގޭތެރޭގައި ''ނުފެންނަ ބާރެއް'' އުޅޭކަމުގެ އިހުސާސްތައް ކުރެވޭ ސަބަބު ހޯދިއްޖެކަމަށް ސައިންސްވެރިންތަކެއް ބުނެފިދުނިޔެ | 7 ދުވަސް ކުރިން