logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން މިއަދު ހަވީރު 4:00 ޖެހުމާހަމައަށް ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ 5 ފޮއްޓެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ވޯޓުގައި މުޅި ޖުމްލަ 4،121 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަން:

* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި
* މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު ދެކުނު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ހޯލު މެދު
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 1
* އައްޑޫ ސިޓީ، ހިތަދޫ ސްކޫލު ހޯލު ކްލާސްރޫމް 2

ވޯޓުލާ މަރުކަޒަށް ވެއްދޭނީ ކޮން އެއްޗެއް؟

* ވޯޓުލާ މަރުކަޒުތެރެއަށް ވެއްދޭނީ އެ މީހާގެ އައިޑީ ކާޑު، ނުވަތަ ޕާސްޕޯޓު ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިންސަންސް ކާޑާއި ނޫކުލައިގެ ދެލީގެ އާދައިގެ ގަލަމެއް އެކަނި
* ވޯޓުލާންދާ ފަރާތްތަކުން ވޯޓުލާ މަރުކަޒުގެ ތެރެއަށް އަތްދަބަހާއި ފައިލާއި އަޑާއި މަންޒަރު ރެކޯޑު ކުރެވޭ އެއްވެސް އެއްޗެއް ވެއްދުމަކީ މަނާކަމެއް

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 4154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޢަބްދުﷲ ޞާދިޤެވެ.

އެދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | ގަޑިއިރެއް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންމެމްބަރުން ހަމަނުވެގެން ޑިމޮކްރެޓްސް އާއި ލޭބަރ ޕާޓީ އުވާލައިފިޚަބަރު | 3 ދުވަސް ކުރިންމަޖިލިހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފިޚަބަރު | 5 ދުވަސް ކުރިން