logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނު މަހެއް ވިހާހެން ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީފާތައް ދިނީ އެމްޑީޕީ ސަރުކާރުން: އައިބީ

އަޙުމަދު ރިޝާން
14 ޖުލައި 2026 - 04:31
ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. –ފޮޓޯ/މަޖިލިސް
ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. –ފޮޓޯ/މަޖިލިސް

ޖަޕާނު މަހެއް ވިހާހެން ގާނޫނާއި ގަވާއިދާ ހިލާފަށް ވަޒީފާތައް ދިނީ އެމްޑީޕީ ސަރުކާރުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާޙީމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

އައިބީ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސަރުކާރުން ގަވައިދުތަކާ ހިލާފަށް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ. އައިބީ ވިދާޅުވީ އެމްޑީޕީ ސަރުކާރު ބަދަލުވާން ކައިރިވެފައި ވަނިކޮށް މަސްވެރިންނާ ދަނޑުވެރިންނަށް އެތައް ބައިވަރު ވަޒީފާތަކެއް ދީފައިވާ ކަމަށެވެ. މިގޮތަށް ވަޒީފާ ދީފައި ވަނީ އެމީހުންތިބި ވަޒީފާތަކުން ވަކި ވުމަށް ހިތްވަރުދީގެން ކަމަށާއި މި ސަބަބާހުރެ ކުންފުނިތައް ނުހިންގޭ ވަރަށް މުވައްޒަފުން ގިނަ ވެފައިވާ ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރު ވެރިކަމާ ހަވާލުވީމަ، ވަޒީފާތަކުގައި މީހުން ގިނަ ކަމަށް ބުނެ އެމްޑީޕީން ވާހަކަ ދައްކާފައިވާ ކަމަށާއި ވަޒީފާތަކުން މީހުން މަދުކުރުމަށް ގޮވާލަމުންދިޔައީ ވެސް އެމްޑީޕީން ކަމަށް އައިބީ ވިދާޅުވި އެވެ. އަދި މި ސަރުކާރުން މީހުން ވަކިކުރަމުން ދަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށާއި މި ސަރުކާރުން އެއްވެސް މީހަކަށް ގެއްލުން ނުދޭނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަންކުރުމަށް ރުހުންދީޚަބަރު | 3 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 3 ދުވަސް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީޚަބަރު | 3 ދުވަސް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 4 ދުވަސް ކުރިން