logo
Bank of Maldives

Bank of Maldives

ޚަބަރު

ލ.ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ހަޤީޤީ މާނައިގައި ފެށުނީ މި ސަރުކާރުގައި: މިނިސްޓަރު މުއްޠަލިބު

މުހައްމަދު މޫސާމުހައްމަދު މޫސާ
13 ޖުލައި 2026 - 16:31
ލ.ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ހަޤީޤީ މާނައިގައި ފެށުނީ މި ސަރުކާރުގައި:  މުއްޠަލިބު

ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅާލުމަށް ކުރިއަށްގެންދާ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަޤީޤީ މާނައިގައި ފެށިގެން ކުރިއަށްދަނީ މި ސަރުކާރުގައި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫޢަކީ 22 ޖަނަވަރީ 2023 ގައި ކުރީ ސަރުކާރުން ސޮއިކޮށް، 2 ސެޕްޓެންބަރު 2023 ގައި އެމް.ޓީ.ސީ.ސީ އިން މޮބިލައިޒްކޮށްފައިވާ މަޝްރޫޢެއް ކަމަށެވެ. ނަމަވެސް، އޭރު ކުރިއަށްދިޔަ ސަރވޭ އާއި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު މުއްޠަލިބު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ސަރވޭގެ މަސައްކަތްތައް ނިންމައި، ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑީޓެއިލް ޑިޒައިންތައް އެޕްރޫވްކޮށްފައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 20 އޮކްޓޫބަރު 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

390 މީޓަރުގެ ރިވެޓްމަންޓް ޖެހުން.

157.5 މީޓަރުގެ ދިގު ދެ ބްރިޖް އެޅުން.

714 މީޓަރުގެ ދިގު މަގެއް ހެދުން.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލް-ބްލޮކްތައް ކާސްޓްކުރުމުގެ މަސައްކަތް ކަމަށެވެ. މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، މިނިސްޓަރު ވަނީ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް މަސައްކަތް އެއްކޮށް ނިންމައި ރައްޔިތުންނަށް ބޭނުންކުރެވޭވަރު ކުރުން ކަމަށް ވިދާޅުވެފައެވެ.

ޖުމްލަ 81 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައިވާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އުމްރާނީ ތަރައްޤީގެ މިފަދަ މަޝްރޫޢުތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''މާލޭގެ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަކީ އަމާޒު''ޚަބަރު | 4 ގަޑިއިރު ކުރިންލ.ހިތަދޫ-ކުނަހަންދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ހަޤީޤީ މާނައިގައި ފެށުނީ މި ސަރުކާރުގައި: މުއްޠަލިބުޚަބަރު | 5 ގަޑިއިރު ކުރިންކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 6 ދުވަސް ކުރިން ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިޚަބަރު | 6 ދުވަސް ކުރިން