logo
Bank of Maldives

Bank of Maldives

ޚަބަރު

ކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ޒިދާން މުޙައްމަދު
7 ޖުލައި 2026 - 12:01
ކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ސަރުކާރުގެ ސްކޫލްތައް އޭސީކޮށް ފިނިކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެ މަޝްރޫޢުއަކީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ފަށާފައިވާ މަޝްރޫޢުއެއް ކަމަށެވެ.

އެ މަޝްރޫއު ޖުމްލަ 217 ސްކޫލެއްގައި ކުރިއަށްގެންދާނެ ކަމަށާއި ކޫލް ސްކޫލް ޕްރޮޖެކްޓްގެ 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ ކަރަންޓުވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކަމަށެވެ. ޝަރަފުއްދީން ސްކޫލް ވެސް ހިމެނެނީ އޭސީ ހަރުކޮށް ނިންމާ، ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަރުހަލާގައި މަސައްކަތް އޮތް ސްކޫލްތަކުގެ ތެރޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުރިހާ ސްކޫލުތަކަށް ވެސް މިހާރު ވާނީ އޭސީތައް ފޮނުވިފައި ކަމަށާއި ބައެއް ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށްވުމުން ގޮންޖެހުމަކަށްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އެ މަޝްރޫޢު ނިންމާލުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުތެރޭގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިޚަބަރު | 2 ގަޑިއިރު ކުރިން19 ވަނަ މަޖިލިސް ހިންގާފައި ވަނީ ސަރުކާރެއް ގޮތަށް ކަމަށް ފަލާހު ސިފަ ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 3 ދުވަސް ކުރިން