logo
Bank of Maldives

Bank of Maldives

ޚަބަރު

ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި

ޒިދާން މުޙައްމަދު
7 ޖުލައި 2026 - 11:56
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ނޮންރެސިޑެންޓް ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަންކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައުތު އެފްރިކާ އާއި ޗެކް ރިޕަބްލިކް އަދި ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއެވެ. މި ޤައުމުތަކަށް ބޭފުޅުން އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި، 64 މެމްބަރުންގެ އިއްތިފާގުންނެވެ.

އޭގެތެރެއިން، ސައުތު އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ފާސްކޮށްފައި ވަނީ ހ. މީނާޒް ހާލާ ހަމީދުގެ ނަމެވެ.

ޗެކް ރިޕަބްލިކްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް، ގުލްޒާރުގެ، ގދ. ތިނަދޫ އާމިނަތު އަބްދުﷲ ދީދީ އައްޔަންކުރަން ފާސްކޮށްފައިވާއިރު، ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް އައްޔަންކުރަން ފާސްކުރީ ހ. އަތިރީގެ އަމީން ޖާވީދު ފައިސަލްއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބުނާގޮތުން، ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން ޢައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް، އެ މަގާމުތަކަށް ސަފީރުން ރަސްމީކޮށް އައްޔަންކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުން ސަފީރުންނަށް ރުހުން ދިނުމުގެ މަރުހަލާ ތަރުތީބުވެފައި ވަނީ މި ބަޔާންކުރާ ގޮތަށެވެ:

Ad by Hajj Corporation

Ad by Hajj Corporation

  1. ނަންފުޅުތައް ހުށަހެޅުން: ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަން ބޭނުންވާ ސަފީރުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވައެވެ.
  2. ކޮމެޓީން ދިރާސާކުރުން: މަޖިލީހަށް ފޮނުވާ ނަންތައް ދިރާސާކުރުމަށްޓަކައި ކަމާގުޅޭ ކޮމިޓީއަކަށް (މިސާލަކަށް: ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް) ފޮނުވައެވެ. މި މަރުހަލާގައި އެ ބޭފުޅުންގެ ތަޖުރިބާއާއި ޤާބިލުކަން ބަލައެވެ.
  3. ތަޅުމުގައި ވޯޓަށް އެހުން: ކޮމެޓީން ނިންމާ ރިޕޯޓާ ގުޅިގެން، މަޖިލީހުގެ ޖަލްސާގައި ކޮންމެ ސަފީރަކަށް ވަކިވަކިން ވޯޓަށް އަހައި ރުހުން ދިނުމާމެދު ގޮތެއް ނިންމައެވެ.

މަޖިލީހުން ރުހުން ދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅަކު ސަފީރުކަމުގެ މަގާމަށް ރަސްމީކޮށް ޢައްޔަންކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | ގަޑިއިރެއް ކުރިން ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިޚަބަރު | 2 ގަޑިއިރު ކުރިން19 ވަނަ މަޖިލިސް ހިންގާފައި ވަނީ ސަރުކާރެއް ގޮތަށް ކަމަށް ފަލާހު ސިފަ ކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 3 ދުވަސް ކުރިން