logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފް

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖުލައި 2026 - 20:39
ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފް

ދިވެހިރާއްޖޭގައި އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް މި ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކާއި އިސްލާހުތައް ފާހަގަކުރައްވައި، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ސަރުކާރަށް ތައުރީފް ކުރައްވައިފިއެވެ. އަނާރާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، މި ބިލުގެ ސަބަބުން އާންމު ރައްޔިތުންނަށް ރައްކާތެރިކަމާއި ޔަގީންކަން ކަށަވަރުވެގެންދާނެ ކަމަށެވެ. މި ބިލަކީ ދައުލަތުގެ އިދާރާތަކާއި އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި، ހިދުމަތް ހޯދާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދިނުމަށްޓަކައި ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަނާރާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ގާނޫނީ ނިޒާމުތައް އެކުލަވައިލުމަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ އަދި ތާއީދުކުރާ ކަމެކެވެ. "ސަރުކާރުން މި ގާނޫނުތަކަށް ގެންނަ މިފަދަ ބަދަލުތައް އެއީ ރައްޔިތުން ވަރަށް ބޮޑަށް ތަރްހީބު ދޭ ކަމެއްކަން އަޅުގަނޑު ފާހަގަކުރަން. އަދި މިފަދަ ގާނޫނީ ނިޒާމުތައް އެކުލަވައިލުމުގެ ސަބަބުން މުސްތަގުބަލުގައި ވެސް ސަރުކާރަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަން އަޅުގަނޑު ޔަގީންކުރަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ތަރުތީބުވެފައިވާ އަދި އިންތިޒާމުވެފައިވާ ގޮތަކަށް ދައުލަތެއް ހިންގުމަކީ އެ ގައުމެއްގެ ހަމަޖެހުމާއި އަމަންއަމާންކަން ގާއިމުވުމުގެ އަސްލު ކަމަށް އަނާރާ ވިދާޅުވިއެވެ. އަމަންއަމާންކަން ނެތް ތަނެއްގައި ދިރިއުޅެން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެކަން ފާހަގަކުރައްވައި، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކާއި މިނިސްޓްރީތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމުގެ އަމަންއަމާންކަން ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މެމްބަރު އަނާރާގެ ތައުރީފްޚަބަރު | 3 ގަޑިއިރު ކުރިންމި ސަރުކާރުން މިދަނީ ނަތީޖާއާއެކު ބަދަލުކުރަމުން: ހުސައިން ޝަރީފްޚަބަރު | 3 ގަޑިއިރު ކުރިންމުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން: ހީނާޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކޮށްފިޚަބަރު | 4 ދުވަސް ކުރިން