އީޔޫ އާއި ބެލްޖިއަމްގެ ސަފީރު ކަމަށް ދިޔާނާ އަޔަންކުރުން ކޮމެޓީން ރުހުންދީފި
16 ޖުލައި 2026 - 05:23

ދިވެހިރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ކޮމިޓީން ރުހުން ދީފި އެވެ.
މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ކަނޑައަޅާފައި ވަނީ ދިޔާނާ އަކީ އެ މަގާމަށް ޝަރުތު ހަމަވާ ކަނބަލެއް ކަމަށެވެ. ދިޔާނާ އަށް ރުހުން ދީފައި ވަނީ ކޮމެޓީއަށް ހާޒިރުވީ މެމްބަރުންގެ އިއްތިފާގުންނެވެ. ދިޔާނާއާ ރުހުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވީ މަޖިލީހަށް ސިޓީފުޅެއް ފޮނުވީ މި މަހުގެ 7 ވނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށެވެ. ކޮމެޓީ ބައްދަލުވުމުގައި ދިޔާނާގެ އިތުރުން ސައުދީ އަރަބިއްޔާއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ބަހުރެއިނަށް ރާއްޖޭން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައްޔަން ކުރުމަށް ވެސް ފާސްކޮށްފައިވެ އެވެ.

Ad by Hajj Corporation
ދިޔާނާ ވަނީ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ވެސް މިދިޔަ އޭޕްރިލް މަހު، އައްޔަން ކުރައްވާފަ އެވެ. އަދި އެކަމަނާ ވަނި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފަ އެވެ.


