logo
Bank of Maldives

Bank of Maldives

ދުނިޔެ

އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިނުމުން ބަޑިޖަހައިގެން މަސްހިފަން އުޅުނު ޒުވާނަކު މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖޫން 2026 - 12:08
އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިނުމުން ބަޑިޖަހައިގެން މަސްހިފަން އުޅުނު ޒުވާނަކު މަރުވެއްޖެ

ވެސްޓަން އޮސްޓްރޭލިއާގެ އައްސޭރިފަށުގައި މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

މިއަދު (6 ޖޫން 2026) ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ އާއިލާގެ މެންބަރުންނާއެކު މޫދަށް ގޮސް ބަޑިޖަހައިގެން މަސްހިފަން (ސްޕިއަރފިޝިންގ) އުޅެނިކޮށް، ގާތްގަނޑަކަށް 4.5 މީޓަރު (15 ފޫޓު) ބޮޑު މިޔަރެއް ހަމަލާދިނުމުގެ ސަބަބުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގާފައިވަނީ ވެސްޓަން އޮސްޓްރޭލިއާގެ ދެކުނު އައްސޭރީގައި އޮންނަ އަލްބަނީއާ 13 ކިލޯމީޓަރު ދުރުގައި އޮންނަ "މައިކަލްމަސް އައިލެންޑް" ކައިރީގައެވެ. ހާދިސާ ހިނގީ އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 11:25 ހާއިރުއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި، މިޔަރު ހަމަލާދިނުމާއެކު އެ ސަރަހައްދުގައި ތިބި މީހުން ވަނީ ވަގުތުން އޭނާ ލޯބަކަށް އަރުވައިގެން "އަލްބަނީ ވޯޓަރފްރަންޓް މެރީނާ" އަށް ގެންގޮސްފައެވެ. އެތަނަށް އެމްބިއުލާންސް ގޮސް، ޕެރަމެޑިކުން ގަޑިއިރަކަށް ވުރެ ގިނަ އިރުވަންދެން ސީ.ޕީ.އާރް ދީގެން އޭނާ ސަލާމަތްކުރުމަށް މަސައްކަތް ކުރި ނަމަވެސް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.

މިއީ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެސްޓަން އޮސްޓްރޭލިއާގައި މިޔަރު ހަމަލާދީ މީހަކު މަރުވި ދެވަނަ ހާދިސާއެވެ. މެއި މަހުގެ 16 ވަނަ ދުވަހު ރޮޓްނެސްޓް އައިލެންޑް ކައިރިންވެސް 38 އަހަރުގެ މީހަކު ވަނީ މިޔަރު ހަމަލާއެއްގައި މަރުވެފައެވެ. އަދި 2026 ވަނަ އަހަރު ފެށުނު ފަހުން އޮސްޓްރޭލިއާގައި މިޔަރު ހަމަލާދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.

ވެސްޓަން އޮސްޓްރޭލިއާގެ ދެކުނު އައްސޭރިއަކީ "ގްރޭޓް ވައިޓް" މިޔަރު ފަދަ ނުރައްކާތެރި ބާވަތްތަކުގެ މިޔަރު ގިނަ ސަރަހައްދެކެވެ. ވަކިން ހާއްސަކޮށް، ބަޑިޖަހައިގެން މަސްހިފާއިރު މަހުން އޮހޭ ލޭގެ ސަބަބުން މިޔަރު އެ ސަރަހައްދަށް ދަމައިގަތުމުގެ ފުރުސަތު ބޮޑުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގެ މޫދަށް އެރޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަލާދިނީ ކޮން ބާވަތެއްގެ މިޔަރެއްތޯ ބެލުމަށް އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާގައި މިޔަރެއް ހަމަލާދިނުމުން ބަޑިޖަހައިގެން މަސްހިފަން އުޅުނު ޒުވާނަކު މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންމަސްކްގެ ސިޔާސީ ފިކުރު ބަދަލުވީ އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް އެއްބަސްވެއްޖެދުނިޔެ | 12 ގަޑިއިރު ކުރިންހައި ސްކޫލް ގްރެޖުއޭޝަން ހަފްލާއެއްގެ ތެރެއަށް ބަޑިޖަހައި 18 އަހަރުގެ ކުއްޖަކު މަރާލައިފިދުނިޔެ | 12 ގަޑިއިރު ކުރިންލޯބިވެރިންނަށް އައިފޯން ގަނެދިނުމަށް 6.5 ލައްކަ ރުޕީސްގެ އިސްކުރު ވަގަށް ނަގައިފިދުނިޔެ | ދުވަހެއް ކުރިން