ފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށް، އާރިފް އައްޔަން ކޮށްފި
އައިޝަތު ނަޝާ
7 ޖޫން 2026 - 13:04

ދިވެހި ފުލުހުންގެ އިސް ތަރުޖަމާނުކަމުގެ މަގާމުން, އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝިފާން މިއަދު ވަކިކޮށްފިއެވެ.
ޝިފާން އެ މަގާމުން ވަކިކޮށް, ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފެވެ. އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

Ad by Hajj Corporation
ޝިފާން ތަރުޖަމާންގެ މަގާމުން ވަކިކޮށްފައި މިވަނީ އެ މަގާމުގައި އޭނާ ހުންނަވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
މި ބަދަލާއެކު، މީޑިއާތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، މުއައްސަސާގެ ފަރާތުން އާންމުންނާ ކުރާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް ޢާރިފު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.


