logo
Bank of Maldives

Bank of Maldives

ކުޅިވަރު

އޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއް

އަބްދުﷲ ޣާނިމް
7 ޖޫން 2026 - 19:34
އޮލީސޭ ނުވިއްކާނެކަމަށް ބުނެ ބަޔާންގެ ރައީސް ރެއާލް އަށް ވަރުގަދަ ރަށްދެއް

ބަޔާން މިއުނިކްގެ ފްރާންސް ފޯވާޑް މައިކަލް އޮލީސޭ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކްލަބުގެ ރައީސް ހާބަޓް ހައިނާ ވަރުގަދަ ބަހުގެ ހަމަލާއަކާއެކު ދޮގުކުރައްވައިފިއެވެ.

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑުން އަންނަނީ އޮލީސޭ ހޯދުމަށް ބޮޑު ހުށަހެޅުމެއް ތައްޔާރުކުރަމުންނެވެ. ނަމަވެސް ފޭން ކްލަބް އިވެންޓެއްގައި ވާހަކަދައްކަވަމުން ހައިނާ ވަނީ ބަޔާންގެ މަގާމު ސާފުކޮށްދެއްވައި އެ އަޑުތައް މުޅިން ނައްތާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މައިކަލް އޮލީސޭ އަކީ އެފްސީ ބަޔާން މިއުނިކްގެ ކުޅުންތެރިއެއް، އަދި އޭނާ ހުރީ އަހަރެމެންނާއެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައެވެ. އަހަރެމެންނަކީ ކުޅުންތެރިން ވިއްކާ ކްލަބެއް ނޫން،" ހައިނާ ވިދާޅުވިއެވެ.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ރަސްމީ ހުށަހެޅުމެއް ހުށަހަޅާފާނެތޯ ސުވާލުކުރުމުން، ހައިނާ ވަނީ ވަރަށް ސީދާ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ މިހާތަނަށް އެފަދަ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.

"ފްލޮރެންޓީނޯ ޕެރޭޒް އަހަރެމެންނަށް ހުށަހެޅުމެއް ހުށަހަޅަން ބޭނުންފުޅުވާނަމަ، އޭނާ އެކަމަށް އުނދަގޫ ނުއުފުލާ ސަލާމަތްވެވިދާނެއެވެ،" ހައިނާ އިތުރަށް ވިދާޅުވިއެވެ. މީގެ މާނައަކީ ކިތަންމެ ބޮޑު ހުށަހެޅުމެއް ލިބުނު ކަމުގައިވިޔަސް އޮލީސޭ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ބަޔާން މިއުނިކުން ނުގެންގުޅޭ ކަމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | 8 ދުވަސް ކުރިންޗެލްސީގެ އަންދްރޭ ސަންޓޯސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެއްޖެކުޅިވަރު | 8 ދުވަސް ކުރިންބްރޫނޯ ގިމަރޭސް އާސެނަލްއަށް ބަދަލުވާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފިކުޅިވަރު | 8 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 18 ދުވަސް ކުރިން