logo
ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިBank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށި : ވަޒީރު ޝިޔާމް

އައިޝަތު ނަޝާ
8 ޖޫން 2026 - 05:37
އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށި : ވަޒީރު ޝިޔާމް

ބަނޑުފުރާނަ މުއްތިކުރުމަށާއި އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށި ކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށް  މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ،ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާތުގައި ދެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ބިޔޯންޑް ދަ ވޯލްޑް ވީ ނޯ،އަ ނިއު ރިލޭޝަންޝިޕް ވީ ނޯ"

ވަޒީރު ވަނީ،ދިވެހިންގެ ދިރިއުޅުމާއި  އާދަކާދަތައް އެތަނަކާ ގުޅިފައިވާ ކަނޑުގެ ބޭނުންތެރިކަމާއި މުހިއްމުކަން ފާހަގަކުރާ މިހާއްސަ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ވަޒިރުގެ މެސެޖުގައި ވަނީ ،ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި، އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބަލަހައްޓައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

އަދި ބަދަލުވަމުންދާ ދުނިޔޭގައި އަމިއްލަ ފުދުންތެރިކަން އިތުރުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި އިޤްތިޞާދު ސިންދަފާތުކުރުމަކީ މިހާރު ފަސްކުރެވެން ހުރި ކަންކަމެއް ނޫން ކަމަށާއި،ވަކީން ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށްވެސް މިވަނީ ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ،ދުނިޔޭގެ އިޤުތިޞާދު ނާޒުކު ފައްތަރެއްގައި އޮތް މިވަގުތުގައި ބަލަންވީ އަޅުގަނޑުމެންގެ އެންމެ ބޮޑު ރައުސުލްމާލުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާމެދު ވިސްނާ ފިކުރުކޮށް އީޖާދުކުރުމަށް ކަމަށެވެ.އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެ މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންކަމަށާއި،މިގޮތުން 2024 ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެ ޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވެފައި ވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލު،ތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުންހިސާބުތަކަށް ހިޖުރަކުރުމުގެ ނަތީޖާއަކީ، ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުނ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ީރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުންކަމަށާއި، ފާއިތުވީ އަހަރު ދިވެހިރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރުފްކޮށް މިއަހަރު މިވަނީ ފުރަތަމަ ޝިޕްމަންޓް އެކްސްޕޯރޓްކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒިރު ގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، އުއްމީދަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގެ މުއްސަނދިކަމާބެހޭ ދިރާސާތައްކުރުމުގައްޔާއި  އިޤްތިޞާދު ސިންދަފާތުކުރުމުގައި ކަނޑުގެ ވަސީލަތްތައް ފުރިހަމަގޮތުގައި ބޭނުންކުރުމުގައި އެންމެ ކުރީ ސަފުގައި ދިވެހިން މަސައްކަތްކުރުން ކަމުގައި ވިދާޅވެފައެވެ.އަދި މިކަމުގައި އެ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ އަރުވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ ހޯދުމަށް އެހީތެރިވެދޭ އެންމެ މުހިއްމު ވަސީލަތަކީ ކަނޑާއި އޭގެ ވެށި : ވަޒީރު ޝިޔާމްޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫކޭ އިން ޓެރިފް ކަނޑާލުމަކީ މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރ ޝިޔާމްޚަބަރު | 19 ދުވަސް ކުރިންއައިސް އަދި ތެލަށް ކުރާ ހަރަދު ކުޑަވާނަމަ މަސްވެރިޔާގެ ޖީބަށް އިތުރުވާނެ: ވަޒީރު ޝިޔާމްޚަބަރު | 19 ދުވަސް ކުރިންމަސްވެރިންނަށް ލުއި އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިޚަބަރު | 20 ދުވަސް ކުރިން