ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ކުރިއަށްގެންދާ މަސްރޭސް ފަށައިފި
19 ޖޫން 2026 - 12:57

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފޯރިގަދަ މަސްރޭސް މިއަދު ފަށައިފިއެވެ.
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމެވެ. މި މަސްރޭހަކީ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ ރޫޙު އާލާކުރުމަށާއި، ކަނޑުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad by Hajj Corporation
މި އަހަރުގެ މަސްރޭހުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ޖުމްލަ 109 ޓީމަކުން މި މުބާރާތުގައި ވާދަކުރެއެވެ. މީގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދުން ބައިވެރިވި 18 ޓީމެއް ހިމެނެއެވެ.
މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމުތަކަށް މިނިސްޓްރީން ބޮޑެތި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން:
1 ވަނައަށް ހޮވޭ ޓީމަކަށް: 30,000 ރުފިޔާ
2 ވަނައަށް ހޮވޭ ޓީމަކަށް: 25,000 ރުފިޔާ
3 ވަނައަށް ހޮވޭ ޓީމަކަށް: 20,000 ރުފިޔާ
މީގެ އިތުރުން، މުޅި މުބާރާތުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް ޚާއްޞަ އިނާމެއްގެ ގޮތުގައި 5,000 ރުފިޔާ ދިނުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި މަސްރޭހަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތްކަން ފާހަގަކުރެވެއެވެ.


