logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

މަރިޔަމް މާޙީ
9 ޖޫން 2026 - 08:44
ތިން ގައުމެއްގެ އައު ސަފީރުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ތިން ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ރިޕަބްލިކް އޮފް ފިލިޕީންސް، ކިންގްޑަމް އޮފް ނެދަލޭންޑްސް އަދި ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނެވެ.
އެގޮތުން ފަތްކޮޅު އެރުވި ސަފީރުންނަކީ:
1. ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ނީނާ ޕީ. ކައިންޖްލެޓް.
2. ނެދަލޭންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވެއިބެ ޖޭކޮބް ޑި ބޮއަރ.
3. ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ރެމީ ލޮބޭޚް.

މި ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައެވެ. ސަފީރުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ރަސްމީ ހިނގާލުމެއް ބާއްވާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިވަކިން ސަފީރުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި، ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ސަފީރުންގެ ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުތަކުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެމުންދާ މެހުމާންދާރީއަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރި ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އޮތްކަން އައު ސަފީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދިވެހި އުފެއްދުންތެރިންނަށް، ހައްދެއް ނެތި އީޖާދީ މަސައްކަތް ކުރައްވާ! މިއޮތީ ދޮރު ހުޅުވިފައި!ޚަބަރު | 34 މިނިޓު ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގެނެވުނީ ގާދޫ ކޮލުން ބޭރަށް ދަނިކޮށް: ރައީސްޚަބަރު | 16 ގަޑިއިރު ކުރިން