logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ދިވެހި އުފެއްދުންތެރިންނަށް، ހައްދެއް ނެތި އީޖާދީ މަސައްކަތް ކުރައްވާ! މިއޮތީ ދޮރު ހުޅުވިފައި!

އައިޝަތު އިނާޝާ
15 ޖޫން 2026 - 09:01
ރައީސް ދިވެހި އުފެއްދުންތެރިންނަށް، ހައްދެއް ނެތި އީޖާދީ މަސައްކަތް ކުރައްވާ! މިއޮތީ ދޮރު ހުޅުވިފައި!

މިއަދުން ފެށިގެން ލިމިޓެއް (ހައްދެއް) ނެތި އީޖާދީ މަސައްކަތްތައް ކުރެއްވުމަށާއި، ދުނިޔޭގެ މައިދާނުގައި ހައްގު މަގާމު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި އުފެއްދުންތެރިންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އުރީދޫ އާއި ޕޭޕަލް ގުޅިގެން ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފްކުރަން ބާސެލޯނާ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ރަސްމިއްޔާތުގައި، މި ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުއްދެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އުފެއްދުންތެރި، އީޖާދީ ޒުވާނުންނަށް ބޭރުން ތަކެތި ގަންނާނޭ މަގުތައް ފަހިވެފައިވީނަމަވެސް، އެފަދަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރު ވިއްކައިގެން އެއަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް، ޒުވާނުން އޭރު އެމަނިކުފާނާ ހިއްސާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު، އެ "މަސްނޫއީ ހުރަސްތަކުގެ ޒަމާން" ނިމުމަކަށް ގެނެވުނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު އިފުތިތާޙުކޮށްދެއްވި ޚިދުމަތަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ފުދުންތެރި، އަދި ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވާލާފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވިޔަފާރިވެރިންނާއި ފްރީލާންސަރުންނާއި އުފެއްދުންތެރިން އަދި ފޮނި ހުވަފެންތައް ދެކޭ ދިވެހިންނަށް ދަންނަވަން، މިއޮތީ ދޮރު ހުޅުވިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސްކުރަނީ ލިމިޓެއް (ހައްދެއް) ނެތި އީޖާދީ މަސައްކަތްތައް ކުރައްވާ. ދުނިޔޭގެ މައިދާނުގައި ތިޔަބޭފުޅުންގެ ހައްގު މަގާމު ހޯއްދަވާ." ރައީސް

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ، މޯލްޑިވްސް 2.0 ތަންފީޒުކުރެވެމުންދިއުން ކަމުގައި ސިފަކުރައްވައި، އެއާއި ގުޅުންހުރި ޚިދުމަތެއް ފޯރުކޮށްދެވުންކަމުގައި ފާހަގަކުރައްވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރާއި އިސްވެރީންނާއި، އުރީދޫ އާއި ޕޭޕަލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދިވެހި އުފެއްދުންތެރިންނަށް، ހައްދެއް ނެތި އީޖާދީ މަސައްކަތް ކުރައްވާ! މިއޮތީ ދޮރު ހުޅުވިފައި!ޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސްކޫލް ހުޅުވޭނެ: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންދަރުމަވަންތަ ހޮސްޕިޓަލް އަނބުރާ ގެނެވުނީ ގާދޫ ކޮލުން ބޭރަށް ދަނިކޮށް: ރައީސްޚަބަރު | 17 ގަޑިއިރު ކުރިން