logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި

އައިޝަތު ނަޝާ
11 ޖޫން 2026 - 05:36
ހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފި

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

މި މައްސަލަ ދިމާވެފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 އެހައިކަންހާއިރު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.ކަރަންޓު ކެނޑުނުކަން ހާމަކޮށް ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ،ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިކަމަށެވެ. ނަމަވެސް ދިމާވީ ސީދާ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ ދިމާވި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. =އެގޮތުން މިހާރު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދާ ކަމަށާއި އެގޮތުން މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އަދުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ފުރަމާލެ ހިމެނޭ ސަރަހައްދުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ސްޓެލްކޯގެ ޓީމުން ވެސް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | 2 ގަޑިއިރު ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 14 ދުވަސް ކުރިންކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިޚަބަރު | 19 ދުވަސް ކުރިންބައެއް ސަރަހައްދުތަަކަށް ކަރަންޓު ދޭން ފަށައިފިޚަބަރު | 19 ދުވަސް ކުރިން