logo
MPL

MPL

ކުޅިވަރު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

އަބްދުﷲ ޣާނިމް
12 ޖޫން 2026 - 03:53
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ކިޔަވާ ކުދިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި “ދިވެހިންގެ ހޭންޑްބޯޅަ ކަޕް” ގެ ނަމުގައި ބޭއްވި ހާއްސަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހުޅުވާލި މުހިންމު ފުރުސަތެކެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު މެލޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 4 ޓީމާއި ފިރިހެން 5 ޓީމެވެ. މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ވަރަށް ފޯރިގަދަ އަދި ވާދަވެރި މާހައުލެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފޯރިގަދަ ކުޅުމަކަށްފަހު ޗެމްޕިއަންކަން ހޯދާފައިވަނީ އާރް.ޑީ.އެލް އެސް.ސީ އެވެ. އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ އާޖީލް ޓީމެވެ. މި ދެ ޓީމުންވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމުތަކަށް ވަނީ ފައިސާގެ އިނާމު ހުށަހަޅާފައެވެ. އެގޮތުން ކޮންމެ ޑިވިޜަނަކުން އެއްވަނައަށް ދިޔަ ޓީމަށް 750 މެލޭޝިއަން ރިންގިޓް ދީފައިވާއިރު، ރަނަރަޕް ޓީމުތަކަށް ދީފައިވަނީ 300 ރިންގިޓެވެ. ފިރިހެން ޑިވިޜަންގެ ރަނަރަޕްކަން އާޖީލް ހޯދިއިރު، އަންހެން ޑިވިޜަންގެ ރަނަރަޕްކަން ހޯދާފައިވަނީ ހަވަރު ސްޕޯޓްސްއެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކަކު އަނެކަކާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވި މި މުބާރާތަކީ ވަރަށް ތަރުހީބު ބޮޑު މުބާރާތެއްގެ ގޮތުގައި ވަނީ ފާހަގަވެގެން ގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | 20 ދުވަސް ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފިޚަބަރު | މަހެއް ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފިޚަބަރު | މަހެއް ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީޚަބަރު | މަހެއް ކުރިން