logo
MPL

MPL

ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ސެޕްޓެމްބަރު 2026 - 06:31
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމަށް ދިވެހިރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި ރަސްމީ މަރުޙަބާ ދެންނެވުމުގެ ޚާއްޞަ ރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_2009.jpeg

 

މި ރަސްމިއްޔާތުގެ ތެރެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ވަނީ ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދީފައެވެ. އަދި އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެމަނިކުފާނުގެ ޝަރަފުގައި ބޭއްވި ޝަރަފްގެ ގާޑް އިންސްޕެކްޓް ކޮށްދެއްވާފައެވެ. އެއަށްފަހު، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި، މެލޭޝިއާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން