logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

އައިޝަތު ނަޝާ
12 ޖޫން 2026 - 07:38
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މެދުރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެއީ ހެނދުނު 10:45 އިން ފެށިގެން ހަވީރު 16:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަމާލުގައި ބުނެފަިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ

ހުޅަނގު ދެކުނާއި ހުޅަނޅަގުން ދެކުނުގެ އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެޚަބަރު | 4 ގަޑިއިރު ކުރިންމޫސުން: ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް އުތުަރަށް ހުދު ސަމާލު ނެރެފިޚަބަރު | 10 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | 17 ދުވަސް ކުރިންމެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު: ރާއްޖެއަށް ނުރައްކަލެއް ނެތްޚަބަރު | 25 ދުވަސް ކުރިން