logo
MPL

MPL

ޚަބަރު

މޫސުން: ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް އުތުަރަށް ހުދު ސަމާލު ނެރެފި

އައިޝަތު ނަޝާ
1 އޯގަސްޓު 2026 - 07:49
މޫސުން: ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް އުތުަރަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މޫސުން ގޯސްވެ، އުތުރުގެ ސަރަހައްދަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ މިއަދު 11:45 އިން އިރުއިއްސި 18:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޓުން ނެރުނު ހުދު ސަމާލުގައި ވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފަ އެވެ.

މިއަދު އިރުއިއްސި 18:00 އަށް މޫސުން ލަފާކުރާގޮތް އާންމުކޮށް މެޓުން ބުނީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދު ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ އެންމެ ފަހުގެ މަޢުލޫމާތާއި އިންޒާރުތައް ވަގުތުން ލިބޭ 'މޫސުން' އެޕް މެޓުން ތަޢާރަފުކޮށްފިޚަބަރު | 2 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކުރިއަށް އޮތް 5 ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފިޚަބަރު | 3 ދުވަސް ކުރިންރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށްޚަބަރު | 8 ދުވަސް ކުރިންފެންބޮޑުވި ރަށްރަށަށް އެހީވުމަށް ފުލުހުން ނުކުމެއްޖެޚަބަރު | 18 ދުވަސް ކުރިން