ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އެމްއެންޔޫގައި އުފައްދަނީ


14 އޮކްޓޯބަރު 2024 - 19:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ، އެމްއެންޔޫގައި ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.
ޑރ. ޝައުގީ މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، ރާއްޖެއަކީ ދަނޑުވެރިކަމާއި ކާބޯތަކެތި އުފެއްދުމުގައި ފަޚުރުވެރި ޤައުމެއްކަމަށެވެ. އަދި ދަނޑުވެރިކަމާއި ކާބޯތަކެއްޗަކީ ދިވެހިންގެ ސަޤާފަތާއި ވައްޓަފާޅިއާ ގުޅިފައިވާ ކަމެއްކަމަށް ޝައުގީ ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭއަކީ ރާއްޖޭން ބޭރުން ކާބޯތަކެތި އިމްޕޯޓްކުރުމަށް ވަރަށް ބޮޑަސް ބަރޯސާވާ ޤައުމެއްކަމަށް ޝައުގީ ވިދާޅުވިއެވެ.
ޑރ. ޝައުގީ ވިދާޅުވީ، މިކަމުގެ ނުރައްކާ އެންމެ ބޮޑަށް ތަޖުރިބާ ކުރެވުނީ ކޯވިޑް-19ގެ ދުވަސްވަރުކަމަށެވެ. އެ ދުވަސްވަރު ޤައުމުތަކުގެ ބޯޑަރުތައް ބަންދުވެ، އިޤްތިޞާދީގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، މުޅި ދުނިޔެ ލޮކްޑައުނަކަށް ދިޔަކަން ޗާންސެލަރ ފާހަގަކުރެއްވިއެވެ. މި ދުވަސްވަރު މީހުން ކާބޯތަކެތި ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތި ވެދާނެކަމަށް ބަލާ ދަނޑުހައްދަން ފެށިކަމަށް ޝައުގީ ވިދާޅުވިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ދަނޑުވެރިންނަށް ޚާއްސަކޮށްގެން އެކުލަވާލާފައިވާ ދަފްތަރަށް އިޝާރާތްކުރައްވާ ޗާންސެލަރ ވިދާޅުވީ، އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ވަރަށް މަދުކަމަށެވެ.
އެހެންކަމުން މި ދާއިރާއިން މީހުން ބިނާކުރުމަށް ހުރި ފުރުޞަތައް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެމްއެންޔޫގައި ދަނޑުވެރިކަމާ ބެހޭ ފެކަލްޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޗާންސެލަރ ވިދާޅުވިއެވެ.
އެމްއެންޔޫގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، އަމާޒަކީ ޒަމާނީ، ތަޢުލީމީ، ޓެކްނޮލޮޖީގެ ދިރާސާގެ އަލީގައި ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭއިން ބޭރުން ކާބޯތަކެތި އިމްޕޯޓްކުރާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެމްއެންޔޫއިން ކޮށްދެވެން ހުރި މަސައްކަތްކޮށްދީ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުންކަމަށެވެ.
އިތުރު ލިޔުންތައް

އެމްއެންޔޫގެ އަހަރީ ދުވަހާއި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
6 މަސް ކުރިންހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން މީހުން ތަމްރީން ކުރަނީ
މަހެއް ކުރިން
މިއަދަކީ އެމްއެންޔޫ މެރަތަންގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަސް
މަހެއް ކުރިން