logoEN
ޚަބަރު

ޤައުމު އާރާސްތު ކުރެވޭނީ ޓެކްސްގެ ނިޒާމު ހަރުދަނާ ކޮށްގެން - ޝުޖާޢު

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

15 އޮކްޓޯބަރު 2024 - 11:40

ޓެކްސްގެ ޤާނޫނުތަކަށް ސަރުކާރުން ގެންނަ އިސްލާހުތަކަކީ ރައްޔިތުންނަށް ބުރަ ނުޖައްސައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން ގެންނަ އިސްލާޙުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

މެންބަރު ޝުޖާޢު މިހެން ވިދާޅުވީ ޓީޖީއެސްޓީ ހިމެނޭހެން ތިން ޤާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިޞްލާހުގެނައުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

މި އިޞްލާހުތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ތެރެއަށް ސަރުކާރުގެ ކަންކަން ގެނެސް، ޚަރަދުކުޑަކޮށް، ދައުލަތް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާކަމަށެވެ.

އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އެގޮތުން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތައް ހުށަހަޅުއްވާފައިވަނީ ރައްޔިތުންނަށް ބުރަ ނުޖައްސައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ނިޒާމެއްގެ ގޮތުގައިކަމަށް ޝުޖާޢު ވިދާޅުވިއެވެ. މެންބަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކަށް ބަދަލުގެނެސް އާމްދަނީ އިތުރުކޮށް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ އިތުރުކުރިނަމަވެސް އޭގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ފައިދާނުވާ ކަމަށާއި، ރާއްޖޭގެ އިގްތިޞާދު އޮތް ހާލަތުން މި އިސްލާހުތަކަކީ މިވަގުތަށް ކޮންމެހެން މުހިންމު އިސްލާހުތަކެއްކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

871x217_placeholder