logoEN
ޚަބަރު

ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ޕީއެންސީއާއެކު ފޯރީގައި ކުރިއަށްދާން: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ

15 ސެޕްޓެމްބަރު 2024 - 15:52

ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތަށް ތާއީދުކޮށް، ފޯރީގައި އެކުގައި ކުރިއަށްދާންކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް އެ ޕާޓީން ފަށާފައިވާއިރު، އެ ޕާޓީއެއްގެ އެއް، ނައިބު ރައީސް ގޮތުގައި ހުންނެވި ޝުޖާޢު ވަނީ ކުޅުދުއްފުށި ސިޓީގައި އިއްޔެ ކުރިއަށްދިޔަ ހަރަކާތް ލީޑް ކުރަށްވާފައެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އިސްވެ އެ ދާއިރާގެ ޕީއެންސީ މެންބަރުން ކުރިއަށްގެންދިޔަ މެންބަރޝިޕް ޑްރައިވްގައި ޝުޖާއު ވެސް ވަނީ ބައިވެރިވެ ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ޝުޢޫރުތައް އަޑު އައްސަވާފައެވެ.

އެއަށްފަހު ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުޅުދުއްފުށިން ލިބުނު ތާއީދާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

''ކުޅުދުއްފުށި ރައްޔިތުން ރައީސް ޑރ. މުޢިއްޒުގެ⁩ އިޤްތިޞާދީ ސިޔާސަތައް ތާޢީދުކޮށް ޕީއެންސީ އާއެކު ފޯރީގައި ކުރިއަށް. ‏އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ⁦ ޕީއެންސީ⁩ ހަދަން، ކުޅުދުއްފުށީ ލޮބުވެތި ރައްޔިތުން ދެއްވި އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން.'' ޝުޖާޢު ވިދާޅުވެފަވެއެވެ.

ޕީއެންސީން ކުރިއަށްގެންދާ މި ހަރަކާތަށް މުޅިރާއްޖެއަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނައިރު، އެކަމުގެ ސިއްރަކީ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގެންފައިވުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

871x217_placeholder