ކުޅިވަރު ތަރައްޤީކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާކުރެވޭ ދުވަހަކުން: ޝުޖާޢު


26 ނޮވެމްބަރު 2024 - 16:13
ކުޅިވަރު ތަރައްޤީކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާކުރެވޭ ދުވަހަކުންކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު މިރޭ ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޝުޖާއު ދެއްކެވި ވާހަކާގައި ވަނީ، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުޅިވަރު ތަރައްޤީކޮށް އާލާކުރުމަށް ޓަކައި ކުޅިވަރު ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ހުށަހަޅުއްވައިދެއްވީތީ ރައީސް ޑރ.މުޢިއްޒަށް ޝުކުރުއަދާކުރަށްވާފައެވެ.
ޝުޖާޢު ވިދާޅުވީ، ކުޅިވަރު އަޅުގަނޑުމެން ޙަޤީޤަތަކަށް ގެނެވޭނީ ނުވަތަ ކުޅިވަރު އަޅުގަނޑުމެންނަށް ކުރިއަރުވާ ، ތަރައްޤީކުރެވޭނީ ކުޅިވަރުގެ ތެރެއިން ސިޔާސީ ނުފޫޒު އެއްކިބާކުރެވޭ ދުވަހަކުން ކަމަށެވެ.
''އެ ސަރުކާރު މި ސަރުކާރު ކިޔުން ހުއްޓާ އަޅުގަނޑުމެން ސިޔާސީ ހުރިހާ ވަކިތަކުން ކުޅިވަރު ސަލާމަތްކުރެވޭ ދުވަހަކުން ނޫނީ ކުޅިވަރު ކުރިއަރައިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދޭ އިއްޒަތްތެރި ރައީސް.'' ޝުޖާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާ މުހިންމު ބިލަކަށް އިޞްލާޙު ގެނައުމުގެ މުހިންމު މަސައްކަތްޕުޅުތަކެއް ސަރުކާރުން ކުރަށްވާއިރު، މިއަދު ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރުވާ އެންމެ ބޮޑަށް މަސައްކަތްކުރާ އެ ފަރާތަކީ ރަށްރަށުގައި އުފެދިފައިވާ ކައުންސިލުތައްކަން ވަރަށް އުފަލާއެކު ފާހަގަކޮށް ހުރިހާ ކައުންސިލުތަކަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަނާ ކަމަށެވެ.
''ދިވެހި ފުޓުބޯޅަ ވަކިން ޚާއްޞަކޮށް ވޮލީއާއި ކުޅިވަރުގެ އެކިއެކި ހަރަކާތްތައ،ް މުބާރާތްތައް ރާވަ އި ހިންގަނީ މިހާރު މާލޭގައި ހުންނަ އެސޯސިއޭޝަންތަކަށްވުރެ ރަށްރަށުގެ ކައުންސިލުތަކުން އިއްޒަތްތެރި ރައީސ.ް ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ މި ފުރުޞަތުގައި ކައުންސިލުތަކަށް ޝުކުރު އަދާކުރާއިރު އަޅުގަނޑު ނިސްބަތްވާ ހއ.އަތޮޅު ކައުންސިލުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން'' ޝުޖާޢު ވިދާޅުވެފަވެއެވެ.