logo
MPL

MPL

ޚަބަރު

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ ހަމްދަރުދީއާއި އިންސާނިއްޔަތުކަމުގެ ފުން ވާހަކައެއް: ފަސްޓް ލޭޑީ

އައިޝަތު އިނާޝާ
14 ޖޫން 2026 - 06:12
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު -- ފޮޓޯ/ ދައުލަތުގެ މީޑިއާ

ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ ހަމްދަރުދީއާއި އިންސާނިއްޔަތުކަމުގެ ފުން ވާހަކައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ  ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރާ މިފަދަ ނަމޫނާ މަސައްކަތްތަކަކީ، ދިރިއުޅުމުގެ އެންމެ އުނދަގޫ އަދި ނާޒުކު ދަނޑިވަޅުތަކުގައި ތިބޭ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް އާ އުންމީދެއް ގެނެސްދޭ ކަމެއް ކަމަށެވެ.

"ކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ ހަމްދަރުދީއާއި އިންސާނިއްޔަތުކަމުގެ ފުން ވާހަކައެއް،" ފަސްޓް ލޭޑީގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފުރާނައެއް ސަލާމަތްކުރުމަކީ އަބަދު ބޮޑެތި އަދި ބިޔަ ކަންތައްތަކެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ބައެއް ފަހަރު ކުޑަކުޑަ އޯގާތެރި އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށެވެ. އަދި ވަކި މުނާސަބަތަކަށް ބެލުމެއް ނެތި، އަމިއްލަ އިސްނެގުމުގެ މަތިން ގަވާއިދުން ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ދެމެހެއްޓުމަށްވެސް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ ރައްކާތެރި ލެޔާއި ލޭގެ ބާވަތްތަކުގެ މުހިންމުކަމަށް ހޭލުންތެރިކަން ބޮޑުކުރުމާއި، ހިލޭސާބަހަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިސާބު ޢިލްމު ހަރުދަނާކުރުމަކީ ޤައުމުގެ ކުރިމަގަށް ކުރެވޭ ވުނަކުރުމެއް: ފަސްޓް ލޭޑީޚަބަރު | 2 މަސް ކުރިންލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވައިފިޚަބަރު | 2 މަސް ކުރިންރަނގަޅު ސިއްޙަތަކީ، އިގްތިސާދީ ފާގަތިކަމުގެ ބިންގާ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންޚަބަރު | 2 މަސް ކުރިންކޮންމެ ލޭ ހަދިޔާކުރުމެއްގެ ފަހަތުގައިވަނީ ހަމްދަރުދީއާއި އިންސާނިއްޔަތުކަމުގެ ފުން ވާހަކައެއް: ފަސްޓް ލޭޑީޚަބަރު | 2 މަސް ކުރިން