logo
Bank of Maldives

Bank of Maldives

ޚަބަރު

ސޯދިގު މެންބަރުކަމުގެ ހުވައިކުރައްވައިފި

އައިޝަތު އިނާޝާ
15 ޖޫން 2026 - 05:55
ސޯދިގު މެންބަރުކަމުގެ ހުވައިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޯދިގުގެ މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ހުވާކުރެއްވުމަށްފަހު ސޯދިގު ވަނީ އިގުރާރުގައި ސޮއިކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާއަށް 2024 ވަނަ އިންތިހާބުވި އަޙްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވާކަމަށް ކުރި ހުކުމާ ގުޅިގެންނެވެ.

އެހެންކަމުން މިމަހުގެ 6 ވަނަ ދުވަހު ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވާފައެވެ. ރަސްމީ ނަތީޖާ ދައްކާ ގޮތުން ސޯދިގުއަށް 1375 ވޯޓު ލިބުނެވެ. ސޯދިގުއާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓުް އަހުމަދު ސައީދަށް ލިބުނީ 1313 ވޯޓެވެ. ރައްޔިތުންގެ މަޖިލީހަށްް އޭނާ އިންތިހާބުވުމުން މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް އިތުރުވާނެ އެވެ.

ސޯދިގު ވަނީ އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ތިން ދައުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް އަދާކުރެއްވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސޯދިގު މެންބަރުކަމުގެ ހުވައިކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 9 ދުވަސް ކުރިންހިތަދޫ ބައި-އިލެކްޝަން، އެޗްއާރްސީއެމް އިން މޮނިޓަރ ކުރާނެޚަބަރު | 9 ދުވަސް ކުރިން