logo
MPL

MPL

ޚަބަރު

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީ

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީ

ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ކުރިއަށްދާ މި އިންތިހާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާޙް ރަޝީދު ވިދާޅުވީ ބައި އިލެކްޝަންގެ ވޯޓުލުމުގެ ކަންކަން އަމާންކަމާއި އޮމާން ކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ވަނީ ކާރިސާއެއް ނުހިނގާނަމަ ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށް ކަމަށާއި އެހެންވެ، ވީހާވެސް ގިނަ މީހުން ހަވީރު 4 ޖެހުމުގެކުރިން ވޯޓުލުމަށް ވަނީ އެދިވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެނދުނު ވަގުތު ވަޑައިގެން ވޯޓުލައްވާ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރައްވާ ސަލާހު ވިދާޅުވީ މައްސަލައެއް ދިމާނުވެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނަމަ ގަޑިއަށް ވޯޓުފޮށިތައް ބަންދު ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ލިއުމެއް ގެންދެވޭކަން ޔަޤީން ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ވޯޓުލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑު، ޕާސްޕޯޓު، ޕާސްޕޯޓު ކާޑު އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކަމަށާއި މި ލިއުންތައް ގެންދާއިރު މުއްދަތު ހަމަވެފައިވާނަމަ ވޯޓުލުމުގެ ފުރުސަތު ނުލިބުން އެކަށީގެންވާކަމަށް އެކޮމިޝަނުން ބުނެއެވެ.

މީގެއިތުރުން އިންތިޚާބު ކުރިއަށްދާއިރު ކެމްޕެއިން ކުރުން މަނާ ގަޑިތަކަށް ސަމާލުވުމަށާއި އިންތިޚާބުގެ ވަގުތު ކެމްޕެއިންގެ ޢަމަލުތަކުން އެދިފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދުރިޕޯޓް | 2 ދުވަސް ކުރިންއަހަރަކު މަދުވެގެން 195 ދުވަހު ކިޔަވައިދޭންޖެހޭ ގޮތަށް ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަނީޚަބަރު | 2 ދުވަސް ކުރިންބަޖެޓް 2027: ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހާއްސަކޮށްފިޚަބަރު | 3 ދުވަސް ކުރިން2027 ވަނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 3 ދުވަސް ކުރިން