logo
Bank of Maldives

Bank of Maldives

ޚަބަރު

އާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އައިޝަތު އިނާޝާ
15 ޖޫން 2026 - 09:23
އާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ކުރީގެ ތިމާވެށްޓާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިގް އިބްރާހިމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާ ސަފީރަކަށް އަދި ކުރީގެ ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ގަތަރަށް ކަނޑައަޅާ ސަފީރަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ.

މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މަޖިލީހުގެ މިއަދުގެ ވޯޓުގައި ތޯރިގަށް ރުހުން ދޭން 57 މެންބަރުން ވޯޓު ދެއްވިއެވެ. އާދަމް ޝަރީފަށް ވެސް 57 މެންބަރުން ވޯޓު ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންވެސް ދެ ބޭފުޅުންނަށް ރުހުންދޭން ފެންނަކަމަށް ނިންމުމާ ގުޅިގެންނެވެ. ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދެ ބޭފުޅުންނަށް ރުހުން ދޭން ނިންމީ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ބަލާއިރު ވަރަށް ގާބިލު ދެ ބޭފުޅުންކަމަށްވާތީއެވެ. އެހެންވެ، އިތުރު އިންޓަވިއުއަކާ ނުލައި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރިއެވެ.

ތޯރިގް އިބްރާހީމަކީ، މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާދަމް ޝަރީފް އުމަރަކީ، މި ސަރުކާރުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާދަމް ޝަރީފް އާއި ތޯރިގު ސަފީރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފިޚަބަރު | ގަޑިއިރެއް ކުރިންސޯދިގު މެންބަރުކަމުގެ ހުވައިކުރައްވައިފިޚަބަރު | 5 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިންބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއެކު: އީސީޚަބަރު | 9 ދުވަސް ކުރިން