logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރު، ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީ

މަރިޔަމް ޔަނާ އަލީ
15 އޮކްޓޯބަރު 2024 - 13:21
ފޮޓޯ--/ ތައުލީމީ ވުޒާރާ
ފޮޓޯ--/ ތައުލީމީ ވުޒާރާ

މި އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން އެޑިއުކޭޝަން މިނިސްޓރީން ހުޅުވާލައިފިއެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށެވެ. މި އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހަށް ފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެހެންކަމުން، މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސް ކޮށްފަ އެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދީގެން ، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިރާސީ އައު އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު މިހާރު މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ އަންނަ ފެބްރުއަރީ މަހު އެވެ. އެއާއެކު މި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ.

ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ގުޅޭގޮތުން ޖެނުއަރީގައި މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން ގްރޭޑް އެކަކަށް ވެއްދުމުގައި ބަލާނީ މި އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނަށެވެ.

އެގޮތުން، 2024-2025 ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު ބަދަލުވާނީ ގްރޭޑް 1 އަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދޭން އަންގަވައިފި ޚަބަރު | 21 ދުވަސް ކުރިންއައްޑޫ ހައި ސްކޫލް ހަމަނުޖެހުން: އަމިއްލައަށް މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑް ކޮށްފިޚަބަރު | މަހެއް ކުރިންޔުނީފޯމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކުގެ އަސްލަކީ މިދިޔަ ދުވަސްތަކުގައި އުސޫލެއްނެތި ގެނެވުނު ބަދަލުތައް : ޑރ. އަޙްމަދުޚަބަރު | މަހެއް ކުރިންދިރާސީ އައު އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވަން ފަށައިފިޚަބަރު | 2 މަސް ކުރިން