logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްރާއީލުން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ހުޅުޖަހައި ހުރުމަތް ކަނޑައިފި

ޒިދާން މުޙައްމަދު
17 ޖޫން 2026 - 13:37
އިސްރާއީލުން ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ހުޅުޖަހައި ހުރުމަތް ކަނޑައިފި

އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ދެ އަވަށެއްގައި ހުރި މިސްކިތްތަކަށް އިސްރާއީލުގެ ހަރުކަށި ޔަހޫދީ ވަޒަންވެރިން ވަދެގަނެ، އެ ތަންތަނުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މަންޒަރު ދުށް މީހުންނާ ޙަވަލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިރުބަވެރި ޢަމަލު ހިންގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ޖިލްޖީލިޔާ އަދި މަޒްރާޢުލްނޫބާނީ އަވަށުގައެވެ.

ޖިލްޖީލިޔާ އަވަށުގެ މިސްކިތަށް ދިން ޙަމަލާގައި، އެ މިސްކިތުގެ އަންހެނުން ނަމާދުކުރާ ބައިގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެ ބަޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން، އެ ބައިގަނޑުން ވަނީ މިސްކިތުގެ ބޭރު ފާރުތަކުގައި ޔަހޫދީ ޝިޢާރުތައް ލިޔެ، މިސްކިތުގެ ޙުރުމަތް ކަނޑާފައެވެ. މި އަވަށުގައި ފަހަކަށް އައިސް ޔަހޫދީންގެ މިފަދަ ޙަމަލާތައް އިތުރުވެފައިވާއިރު، މިދިޔަ މަހު ވެސް ވަނީ ފަލަސްޠީނު މީހެއްގެ އުޅަނދެއް ވަގަށް ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޒްރާޢުލްނޫބާނީ އަވަށުގައި ވެސް ޔަހޫދީ ވަޒަންވެރިން ވަނީ މިސްކިތެއްގައި ހުޅުޖަހައި، ފާރުތަކުގައި ނަސްލީ ތަފާތުކުރުމުގެ ޝިޢާރުތައް ލިޔެފައެވެ. ފަލަސްޠީނުގެ ރައްޔިތުންނާއި އެ މީހުންގެ މުދަލަށް އަމާޒުކޮށް ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ދޭ ޙަމަލާތައް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ފެށި ހަނގުރާމައަށްފަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފަލަސްޠީނުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ހުޅަނގު އައްސޭރީގައި އެކަނިވެސް 1,169 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 12,666 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، 23,000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ޔަހޫދީންގެ ޖަރިމާތަކުގެ ސަބަބުން 33,000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިން މިޞްރުގެ މަދަދުގާރު އިސްރާއީލުން ޝަހީދުކޮށްލައިފިދުނިޔެ | 2 މަސް ކުރިންލުބުނާނުގެ ދެކުނަށް ވަދެގަންނަން އުޅުނު އިސްރާއީލް ސިފައިންނަށް ހިޒްބުﷲއިން ވަރުގަދަ ހަމަލާއެއް ދީފިދުނިޔެ | 3 މަސް ކުރިންއިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކާ ގުޅިގެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިދުނިޔެ | 3 މަސް ކުރިންލުބުނާނުގެ ދެކުނުގައި ހަނގުރާމަ ވަރުގަދަވެއްޖެދުނިޔެ | 3 މަސް ކުރިން