logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފި

ޒިދާން މުޙައްމަދު
17 ޖޫން 2026 - 18:04
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ބެލެހެއްޓުމާއި ހިންގުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްޓެލްކޯ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު އެވެ. މި އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2e038a48-e453-4825-b22e-141e5fc3649f.jpg

މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިމާވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، ސްޓެލްކޯގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަވެސް އެޗްޑީސީން މިއަދު ވަނީ އެ ކުންފުންޏާ ޙަވާލުކޮށްފައެވެ. މި ސެންޓަރުގެ ސަބަބުން ކަރަންޓުގެ ޚިދުމަތަށް މެދުކެނޑުމެއް އަންނަ ޙާލަތްތަކުގައި އަވަހަށް ފިޔަވަޅު އެޅުމުގެ މަގު ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއްވެސް ހަދިޔާކޮށްފައެވެ. މިއީ ދެ ކުންފުނީގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށާއި، ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކް ސްޓެލްކޯއާ ޙަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންހުޅުމާލެއިން  ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް ކަރަންޓް ދީފިޚަބަރު | 8 ދުވަސް ކުރިންއިތުރުވާ ލޯޑަށް ޚިދުމަތްދޭން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވާންޖެހޭ: އަޒްވަރުޚަބަރު | 22 ދުވަސް ކުރިންކަރަންޓުގެ މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިޚަބަރު | މަހެއް ކުރިން