logo
MPL

MPL

ޚަބަރު

މ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މަރިޔަމް މާޙީ
5 ޖުލައި 2026 - 14:18
މ އަތޮޅަށް ގެންދެވުނު ސްޓޯރޭޖު ޓޭންކެއް--- ފޮޓޯ: ސްޓެލްކޯ
މ އަތޮޅަށް ގެންދެވުނު ސްޓޯރޭޖު ޓޭންކެއް--- ފޮޓޯ: ސްޓެލްކޯ

މ. އަތޮޅުގެ ރަށްތަކަށް ބޭނުންވާ ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މ. އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ރަށްރަށުގެ އިންޖީނުގެ އަށް ބޭނުންވާ ފިއުލް ސްޓޯރޭޖް ޓޭންކުތައް ފޮނުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯއިން ބުނީ، މި މަސައްކަތަކީ އެ ކުންފުނިން މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތާ ހަވާލުވުމަށްފަހު، ޚިދުމަތުގެ ފެންވަރު ކުންފުނިން ޤަބޫލުކުރާ މިންގަނޑަށް މަތިކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި ޓޭންކުތައް ފޮނުވުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށްރަށުގެ ޕަވަރހައުސްތަކުގައި ފިއުލް މޮނިޓަރކޮށް، ތެޔޮ ރައްކާކުރެވޭނެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް ބެލެހެއްޓުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެފައިވަނީ މިދިޔަ ޖޫން މަހު ތެރޭގަ އެވެ. ސްޓެލްކޯއިން ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ވޭވަށު ނާލާފުށި އަދި ރަތްމަންދޫ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްނިކަލް މައްސަލައެއްގައި ކަރަންޓް ކެނޑުނު ހުޅުމާލޭގެ ސަރަހައްދުތަކަށް އަލުން ކަރަންޓް ދޭން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންކުންފުނިތަކުގެ އިންސާނީ ވަސީލަތް ކުރިއަރުވަން ސްޓެލްކޯއިން ފޯރަމެއް ބާއްވައިފިޚަބަރު | 4 ދުވަސް ކުރިންސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ޕޮލިޓެކްނިކް އިން ގެ ކޯސްތަކެއް ފަށައިފިޚަބަރު | 12 ދުވަސް ކުރިންކޮރަޕްޝަން ހުއްޓުވަން އޭސީސީއާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 19 ދުވަސް ކުރިން