logo
MPL

MPL

ޚަބަރު

ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖޫން 2026 - 18:57
ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމް

ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ނުގުޑާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ޕީއެންސީ ބައިބައިވެފައިވާ ކަމަށް ބުނެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަޝީދު ވަނީ ދާދި ފަހުން ޕީއެންސީގެ އެތެރޭގައި ބައިބައިވުންތަކެއް އުޅޭ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ބައިބައި ކުރުމަށް ފާޑުފާޑުގެ ވާހަކަތައް ދައްކާނެ ކަމެއް ނެތް ކަމަށެވެ. އަދި ބަޔަކު ދައްކާހާ ވާހަކަޔަކުން އެ ޕާޓީގެ ސަފުތަކަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ޕީއެންސީ ބައިބައި ކުރާކަށް ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއްނެތް. ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެންމެ ބަދަހި ޕާޓީ. ބިނާކުރަނިވި ފިކުރުގެ ޕާޓީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމެވެ. އަދި މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ވަރަށް ބަދަހިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮތް އެންމެ ނުފޫޒުގަދަ އަދި މެންބަރުންގެ އަދަދު ގިނަ ޕާޓީކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވަނީ ޕާޓީގެ އެތެރޭގެ ބަދަހިކަން ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު ދެއްވާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލްޖީއޭ ބޯޑު އިންތިޚާބު: ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިޚަބަރު | 10 ދުވަސް ކުރިންނިމިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުން ކުރި މަސައްކަތް ދިހަ ގުނަ އިތުރުވާނެ: ލަތީފްޚަބަރު | 14 ދުވަސް ކުރިންޓެކްސް ނިޒާމަށް ގެންނަ އިސްލާހާ ދެކޮޅަށް އިދިކޮޅުން ދައްކަނީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް: ނަސީރުޚަބަރު | 15 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން